ބޮޑުތަކުރުފާނު މަގު ނިމުމަކާއި ގާތަށް

ބޮޑުތަކުރުފާނު މަގު 4 ލޭނަށް ފުޅާކޮށް ތަރައްޤީ ކުރުމުގެ މަސައްކަތް ނިމުމާއި ގާތްވެއްޖެ ކަމަށް އެމަސައްކަތުގެ ކޮންޓްރެކްޓަރ މޯލްޑިވެސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
އެކުންފުނިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، މާލޭ އުތުރުފަރާތުން ބޮޑުތަކުރުފާނު މަގު 4 ލޭނަށް ފުޅާކޮށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، ޝީޓް ޕައިލްތައް ވަރުގަދަކުރުމަށް ޖަހާ އެންކަރ ބްލޮކްގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާކަމަށާއި، މަގުފުޅާކުރުމަށް ހިއްކާ ސަރަޙައްދުގެ މަސައްކަތްވެސް ނިމުމަކާއި ގާތްވެފައިވާ ކަމަށެވެ.
މީގެއިތުރުން އެއްގަމު ތޮށި ހެދުމަށް ބޭނުންވާ ކޮންކްރީޓް ޕެނަލްތައް މިހާރު ސައިޓަށް ގެންގޮސްފައިވާކަމަށާއި، ”ސީ ޗެނަލް“ އިންސްޓޯލްކުރުމާއި ޝީޓްޕައިލްތައް ވަރުގަދަކުރުމަށް ޖަހާފައިވާ އެންކަރ ބްލޮކްގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާކަމަށް ވެސް އެކުންފުނިން ވިދާޅުވިއެވެ. ޝީޓް ޕައިލްކުރުމުގެ މަސައްކަތް ނިންމާލާފައިވަނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހުގަ އެވެ.
މިމަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 144 މިލިއަން ރުފިޔާއަށެވެ. އަދި މިމަޝްރޫޢުގައި ހެންވޭރު ފެރީ ޓަރމިނަލްއިން ފެށިގެން މަސްމާރުކޭޓާ ހަމައަށް މާލޭގެ އުތުރުން ބޮޑުތަކުރުފާނު މަގުގެ ޖުމްލަ 830 މީޓަރުގެ ސަރަޙައްދެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި 737 މީޓަރުގެ އެއްގަމު ތޮށީގެ މަސައްކަތްވެސް ކުރުމަށްވަނީ ހަމަޖެހިފައެވެ. ބޮޑުތަކުރުފާނު މަގު ތަރައްޤީކުރަނީ ދުއްވާ މީހުންނަށް 4 ލޭނާއި ހިނގާ މީހުންނަށް ޚާއްސަ ސަރަޙައްދެއް ހިމެނޭގޮތަށެވެ.
އެމްޓީސީސީން ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދަނީ 3 ފިޔަވައްސަކަށް ބަހާލައިގެންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.