
ބާސެލޯ ނަސަންދުރަ ކައިރީ ރޯވި އަލިފާން ނިއްވާލައިފި
ބާސެލޯ ނަސަންދުރަ ކައިރީ އެއްކޮށްފައިހުރި ކުނިތަކެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސްއިން ނިއްވާލައިފި އެވެ.
އެމްއެންޑީއެފްއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، މިހާދިސާގެ މަޢުލޫމާތު އެޚިދުމަތަށް ލިބިފައިވަނީ މިއަދު ހެދުނު 10:38 ގައެވެ. އަދި ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސްގެ ފަޔަރ ފައިޓަރުން ވަނީ އެސަރަހައްދަށް ގޮސް، އަލިފާންގަނޑު ނިވާލާފަ އެވެ.
ފަޔަރ ފައިޓަރުންގެ މަސައްކަތުން އަލިފާންގަޑު ނިއްވާލެވިފައިވަނީ 10:49 ހާއިރު އެވެ.
ކުރިން އަލިފާން ރޯވެފައިވަނީ ބާސެލޯ ނަސަންދުރަ އިމާރާތުގައި ކަމަށް ހީވެ ޚަބަރު ފެތުރިފައިވިނަމަވެސް، މިހާދިސާ ކައިރީގައި އެއްކޮށްފައިހުރި ކުނިތަކެއްގައި ކަމަށް އެމްއެންޑީއެފް އިން ވަނީ ކަށަވަރު ކޮށްދީފަ އެވެ.
މިހާދިސާގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. އަދި މިހާދިސާ މިހާރުދަނީ ތަހުގީގު ކުރަމުންނެވެ.



