ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަޠު ހުޅުވާލައިފި

ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފި އެވެ.

ޒުވާނުންގެ އިނާމަކީ ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ އިނާމެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި އިނާމަކީ ގައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމައުއަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދޭ އިނާމެކެވެ.

ޒުވާނުންގެ އެވޯޑު ލިބޭ ފަރާތްތަކަށް އިނާމުގެގޮތުގައި ޒުވާނުންނަށް ދެވޭ ހާއްސަ އެވޯޑާއި އަދި ސެޓްފިކެޓް ލިބިގެން ދާނެ އެވެ.

މި އަހަރު ޒުވާނުންގެ އެވޯޑުގެ ގޮތުގައި ތަފާތު 14 ދާއިރާއަކުން އިނާމު ދިނުމަށް ވަނީ ކަނޑައަޅާފަ އެވެ.

އިނާމު ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތައް:

1- ވިޔަފާރިއާއި އިގްތިސާދު

2- އާރޓްސް އެންޑް ކަލްޗަރ – ފަންނުވެރިކަމާއި ސަގާފަތް ދިރުވުން

3- މަސްތުވާ ތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރުން

4- ވޮކޭޝަނަލް ޓްރެއިނިންގ – ދަސްކޮށްދިނުން

5- ނަފްސާނީގޮތުން ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުން

6- ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތްކުރުން

7- މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް މަސައްކަތްކުރުން

8- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމަށް މަސައްކަތްކުރުން

9- ދިވެހިބަސް ދިރުވުމަށް މަސައްކަތްކުރުން

10- ފަންނިއްޔާތުގެ ދާއިރާ – ޓެކްނޮލޮޖީގެ ދާއިރާ

11- ފަތުރުވެރިކަމުގެ ދާއިރާ

12- ކޮންސްޓަރކްޝަން އެންޑް އިފްރާސްޓްރަކްޗަރ ދާއިރާ

13- ޒުވާނުން ކުރިއެރުވުމަށާއި، ބާރުވެރިކަން އިތުރުކުރުމަށް ޚިދުމަތްކޮށްދެމުންދާ ފަރާތްތަކުގެ އަގުވަޒަން ކުރުމަށް ޒުވާނުންބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާބެހޭ ވަޒީރު ދެއްވާ ޚާއްސަ އިނާމު

14- ޝަހީދު ޖަވާދު އުމަރުގެ ހަނދާނީ ފިލާ

މި އިނާމަށް ނަން ހުށަހެޅުއްވުމަށް ޝަރުތުހަމަވާ ފަރާތްތަކުން 29 ސެޕްޓެމްބަރު 2025 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން އެޕްލިކޭޝަން ފޯމް ހުށަހަޅަން ޖެހޭނެ އެވެ.

ޒުވާނުންގެ އިނާމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްގެ ވެބްސައިޓުންނާއި، ގޫގުލް ލިންކް: https://shorturl.at/cuIXw އަދި ސޯޝަލް ސެންޓަރ ރިސެޕްޝަނުން ލިބެން ހުންނާނެ އެވެ.

އަދި ހަމައެއާއެކު އެޕްލިކޭޝަން ބަލައިގަންނަން ހަމަޖެހިފައި ވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 14:00 އަށެވެ.

އަދި އޮންލައިންކޮށް އެޕްލިކޭޝަން ހުށަހަޅުއްވާ ފަރާތްތަކުން މިނިސްޓްރީގެ މެއިލް އެޑްރެސް info@youth.gov.mv މެދުވެރިކޮށްވެސް އެޕްލިކޭޝަން ހުށައެޅޭނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.