ރިހެބިލިޓޭޝަން އެންޑް ރީ އިންޓެގްރޭޝަންއާ ގުޅޭ ޓްރޭނިންގ ޕްރޮގްރާމެއް ހިންގައިފި

ޔޫއެންއޯޑީސީން ރިހެބިލިޓޭޝަން އެންޑް ރީއިންޓެގްރޭޝަންއާ ގުޅޭ ޓްރޭނިންގ ޕްރޮގްރާމެއް ހިންގައިފި އެވެ.

މިއީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)އާ ގުޅިގެން، ޔުނައިޓެޑް ނޭޝަންސް އޮފިސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން ’ކޮމިއުނިޓީ-ބޭސްޑް، އޭޖް އެންޑް ޖެންޑަރ ރެސްޕޮންސިވް ރިހެބިލިޓޭޝަން އެންޑް ރީއިންޓެގްރޭޝަން ސްޓްރެޓެޖީސް ފޮރ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް’ގެ ނަމުގައި ކުރިއަށްގެންދިޔަ ޓްރޭނިންގ ޕްރޮގްރާމެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ޓްރޭނިންގ ޕްރޮގްރާމަކީ ޔޫއެންއޯޑީސީގެ “ގްލޯބަލް މެރީޓައިމް ކްރައިމް ޕްރޮގްރާމް” ދަށުން ކުރިއަށް ގެންދާ ޓްރޭނިންގ ޕްރޮގްރާމެކެވެ. އަދި “ގްލޯބަލް މެރީޓައިމް ކްރައިމް ޕްރޮގްރާމް”ގެ ދަށުން ހިންގާ ބައެއް ޕްރޮގްރާމްތައް ފަންޑްކުރަނީ ޖަޕާނު ސަރުކާރުންނެވެ.

އެމްސީއެސްގެ ހެޑް އޮފީހުގައި ކުރިއަށް ގެންދިޔަ މި ޓްރޭނިންގ ޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވީ، ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، އިޝިގާމީ ރުމިކޯއެވެ.

މި ޓްރޭނިންގ ފެށުމުގެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރުއާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ އާއި އެގްޒަކަޓިވް ކޮމިޓީގެ މެމްބަރުންނާއި ޔޫއެންއޯޑީސީގެ ފަރާތުން މިސްޓަރ އެންރީކޯ ބޮނިންސޭންޔާގެ ޓީމުގެ މެމްބަރުން ބައިވެރިވިލެއްވި އެވެ.

މި ޓްރޭނިންގ ޕްރޮގްރާމްގައި އެކި ޖަލުތަކުންނާއި ހެޑް އޮފީހުން، ޤައިދީންގެ ރިހެބިލިޓޭޝަން މަސައްކަތްކުރާ 23 އޮފިސަރުންނާއި މުވައްޒަފުން ބައިވެރިވެފައިވެ އެވެ.

މި ޓްރޭނިންގ ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ޖަލުތަކުގައި ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް އިތުރަށް ހަރުދަނާ ކުރުމާއި ’ރިސްކް ނީޑް ރެސްޕޮންސިވިޓީ‘ (އާރްއެންޑްއާރް) މޮޑެލް ފަދަ ބައިނަލްއަގްވާމީ މިންގަނޑުތައް ބޭނުންކޮށްގެން، އެކި ބާވަތުގެ ކުށްތަކުގައި ބަންދުކުރެވިފައިވާ ޤައިދީންނަށް ޚާއްސަ ކޮމިއުނިޓީ-ބޭސްޑް ސްޓްރެޓެޖީތަކެއް އެކުލަވާލައި އަދި ތަންފީޛުކުރުމެވެ.

އެގޮތުން މި ޓްރޭނިންގ ޕްރޮގްރާމްގައި ޔޫއެންއޯޑީސީގެ ޕްރިޒަން އެކްސްޕަރޓުން ވަނީ “ރިސްކް ނީޑް ރެސްޕޮންސިވިޓީ” (އާރްއެންޑްއާރް) މޮޑެލްގެ އަސާސް ކިޔަވައިދީ، އަމިއްލަ ނަފްސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން މަސައްކަތްކުރާ ފަރާތްތަކުގެ އެފަދަ އަމަލުތައް ހުއްޓުވުމާއި، ކޯ ކަރެކްޝަނަލް ޕްރެކްޓިސަސް (ސީސީޕީ) މޯޓިވޭޝަނަލް އިންޓަވިއުއިންގ ފަދަ އުކުޅުތައް ކިޔަވާދީފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.