
މީޑިއާ ބިލް ފާސްކޮށްފި
ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ޙަންނާނު އަބޫބަކުރު މަޖިލީހަށް ހުށަހެޅުއްވި މޯލްޑިވްސް މީޑިޔާ އެންޑް ރެގިއުލޭޝަން ބިލު، ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފި އެވެ.
އެ ބިލު މަޖިލީހުން ފާސްކުރިއިރު، އެ ވޯޓުގައި ބައިވެރިވެފައިވަނީ މަޖިލީހުގެ ޖަލްސާއަށް ހާޟިރުވި 63 މެންބަރުންގެ ތެރެއިން 60 މެންބަރުންގެ ޣައުލަބިއްޔަތުންނެވެ. އެގޮތުން އެ ބިލާ އެއްކޮޅަށް 60 މެންބަރުން ވޯޓު ދެއްވިއިރު، ބިލާ ދެކޮޅަށް ވޯޓު ދެއްވާފައިވަނީ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް އެކަންޏެވެ.
މަޖިލީހުގެ ކައުންސިލާ ޖެނެރަލް ފާތިމަތު ފިލްޒާގެ ފަރާތުން ހުށަހެޅުއްވި ހުށަހެޅުއްވުންތަކާއެކު އެ ބިލު ދެވަނަ ފަހަރަށް ކޮމެޓީން ފާސްކޮށް ތަޅުމަށް ފޮނުވީ މިއަދުގެ ވަގުތެއްގައެވެ. އޭގެ ކުރިން ހަމަ އެ ކޮމެޓީން އިއްޔެ ވަނީ ކައުންސިލާ ޖެނެރަލްގެ ލަފަޔާ ނުލައި އެ ބިލު ފާސްކޮށްފަ އެވެ.



