
ބަޔޯޕެސްޓިސައިޑް: ހިކި މިރުސް ބޭސް
ދަނޑުވެރިކަމުގައި ބޭނުންކުރާ ބޭސްތަކަކީ ހުރިހާ ގޮތަކުން ރައްކާތެރިއެއްޗަކަށް ވާންޖެހެ އެވެ.
އެހެންވީމާ ގަސްތަކަށް ޖަހާ ބޭހަކީ ރައްކާތެރި އެއްޗަކަށް ހެދުމަށް ބަޔޯޕެސްޓިސައިޑް ނުވަތަ ރައްކާތެރި ގޮތުގައި ތައްޔާރު ކުރެވޭ ބޭހެއް ބޭނުންކުރުން ވަރަށް މުހިންމެވެ. މިފަދަ ބޭސްތައް ހިއްސާ ކުރުމުގެ ގޮތުން މި ވުޒާރާއިން މި ބަލާލަނީ ހިކި މިރުސް ބޭސް ތައްޔާރުކުރާނެގޮތެވެ.
ބޭނުންވާ ތަކެތި
- 25ގ. ހިކި މިރުސް
- 100ގ. އަތަ ފަތް
- 50ގ. ހިތި (ޗަސްކޮށްފައި)
- 20 މިލިލީޓަރު ދިޔާ ސައިބޯނި
ބޭސް ތައްޔާރުކުރާނެ ގޮތް
ހިކި މިރުސް ފުނޑާފައި، 100 މިލިލީޓަރު ފެނުގައި، އަދި ޗަސްކޮށްފައިވާ ހިތި 200 މިލިލީޓަރު ފެނުގައި އެއް ރޭ ވަންދެން ބަހެއްޓުމަށްފަހު، ދެ ބައިވެސް ފުރާނާލާށެވެ.
ބޭސް ބޭނުންކުރާނެ ގޮތް
ފުރޭނި ބައިތައް އެއްކޮށްލާށެވެ. އެއަށްފަހު 5-6 މިލިލީޓަރު ފެނަށް ސައިބޯނި އަޅާފައި އެއްކޮށްލާ، ގިރާލާށެވެ.
ހެނދުނު ހެނދުނާ ނުވަތަ ހަވީރު ހިޔާޖެހުނީމާ ބަލި ޖެހިފައިވާ ގަސްތަކަށް ސްޕްރޭ ކުރާށެވެ.
މި ބޭހުން ކޮންޓްރޯލް ކުރެވޭނީ
- އެފިޑް
- ލީފްރޯލަރ
- ރެޑް ސްކޭލް
- ސްޕްޓެޑް ބީޓްލް
ނޯޓް: މުޅި ގަހަށް ބޭސް ޖެހުމުގެ ކުރިން ބަލިޖެހިފައިވާ ފަތަކަށް ސްޕްރޭ ކުރުމަށްފަހު 24 ގަޑި އިރުވަންދެން ބަހައްޓާ، ފަތް ވިހަ ވޭތޯ ބަލާށެވެ.