ރެއަކީ މޮޅަށް ކުޅެ މެޗު ނުލިބުނު ރެއެއް – ކުލަބު އެމް.ސީ.އެލް.ޕީ

އެޓޮލް ނިއުސް ޓެލެގްރާމް ޗެނަލް

މިހާރު ކުރިއަށްދާ ކުލަބު މޯލްޑިވްސް ކަޕް ކްލެސިކުގައި ރެއަކީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ ރެކްރިއޭޝަން ކުލަބު (ކުލަބު އެމް.ސީ.އެލް.ޕީ) މޮޅަށް ކުޅެ މެޗު ނުލިބުނު ރެއެކެވެ. ޓީމު އެމްސީއެލްޕީގެ ބުންވަރާ ހަކަތަ ސަޕޯޓަރުންގެ ފޯރިއާއެކު ރޭ ވަނީ ކުޅުންތެރިން ދައްކައިދީފައެވެ. ޓީމުގެ ހިތްވަރަށް ހަމަ ސާބަހެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

1 ލަނޑު 0 ލަނޑުގެ ތަފާތަކުން، ޚާރިޖީ ވުޒާރާއާއެކު ކުޅެ ބަލިވިއަސް ޓީމުގެ ކުޅުމަށް ސަތޭކަ ދޭ ވަރުވެއެވެ. އެހައިވެސް ކުޅުމުގެ ފެންވަރު ރަނގަޅެވެ. ލަނޑު ޖަހައިނެ އެތައް ފުރުޞަތުތަކެއް ލިބި ޖެހި ބޯޅަތައް ލަނޑުތަކަށް ބަދަލުނުވީ ނަސީބުވެރި ރެއަކަށް ރޭ ނުވީމަކަމަށް ވެދާނެ އެވެ.

ކުލަބު އެމްސީއެލްޕީގެ ކުޅުންތެރިން ރޭ ދަނޑުން ފޭބީ ދެ ވަނަ މެޗުން މޮޅުވެ ކުރިއަށް ދިޔުމުގެ ޢަޒުމާއެކުގައެވެ. ކުލަބު އެމްސީއެލްޕީގެ މުއައްސިސު މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ޓީމަށް ދެއްވާ ސަޕޯޓުގެ ސަބަބުން ކުޅުންތެރިންނަށް ލިބިފައިވަނީ އިތުރު ބުންވަރަކާއި ހަކަތައެކެވެ.

”ޓީމުގެ އެންމެ ބޮޑު ހިތްވަރަކީ މިނިސްޓަރ އާދަމް ޝަރީފު ޢުމަރު. ޓީމުގެ ފަރިތަކުރުންތައް ޤަވާޢިދުން މިނިސްޓަރ ބައްލަވައި. މެޗު ހިނގާ ގަޑިތަކުގައި ދަނޑުގައި އިންނަވައި. ޓީމު ވާޅަކަށް ޖެހިލާން ލިބޭ ކޮންމެ ފުރުޞަތެއްގައިމެ ޓީމަށް އިރުޝާދުދެއްވަ. ޓީމަށް ބޭނުންވާ ކަންތައް ހަމަޖައްސަވައި ދެއްވުމަށް ޢަމަލީ ގޮތުން މަސައްކަތްޕުޅުކޮށްދެއްވަ“ މިނިސްޓަރަށް ޝުކުރުއަދާކުރައްވަމުން ޓީމުގެ އޮފިޝަލަކު ވިދާޅުވި އެވެ.

ޓީމު އެމްސީއެލްޕީގެ ދެ ވަނަ މެޗަށް ނުކުންނާނީ މި މަހުގެ 19 ވަނަ ދުވަހުގެ ރެއެވެ. ބައްދަލުކުރާނީ ޓީމު ދަރުމަވަންތައާއެވެ. ގަޑިއަކީ 20:15 އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.