
މަތިވެރި އަދި ފެރިދޫގެ ’ހާލު ކިހިނެއް؟‘
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ”ޙާލު ކިހިނެއް؟“ ޕްރޮގްރާމްގެ ތެރެއިން އަރިއަތޮޅު އުތުރުބުރި މަތިވެރި އަދި ފެރިދޫގެ މީހުން ދިރިއުޅޭ ހުރިހާ ގެތަކަށް ޒިޔާރަތްކޮށްފި އެވެ.
މި ޕްރޮގްރާމްގެ ތެރެއިން މަތިވެރި އަދި ފެރިދޫގެ މީހުން ދިރިއުޅޭ ގޭބީސީތަކަށް ޒިޔާރަތްކުރުމާއެކު، ދައުލަތުގެ ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތައް މެޕް ކުރުމުގެ މަސައްކަތްތައް ވެސް ވަނީ ކުރެވިފައެވެ. އަރިއަތޮޅުގެ މި ޒިޔާރަތްތަކުގެ ތެރެއިން މިހާތަނަށްވަނީ އަރިއަތޮޅު އުތުރުބުރި ރަސްދޫ, އުކުޅަސް އަދި ތޮއްޑޫގައި ވެސް މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފަ އެވެ. އަދި މި ޒިޔާރަތްތައް ކުރިއަށް ގެންގޮސްފައިވަނީ އެރަށްރަށުގެ ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އެހީތެރިކަމާ އެކުގަ އެވެ.
”ހާލު ކިހިނެއް؟“ ޕްރޮގްރާމްގެ ތެރެއިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެެއްގެ ހުރިހާ ގޭބިސީތަކަކަށް ޒިޔާރަތްކޮށް، ނާޒުކު ހާލަތުގައި ދިރިއުޅޭ ފަރާތްތައް ދެނެގަނެ، އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިިނުމުގެެ މަސައްކަތް ކުރިއަށް ގެންދެވޭނެ އެވެ.