މި މަހުގެ ފުރަތަމަ ހަފުތާގައި އެމްޕީއެލް އިން 1،306 ކޮންޓެއިނަރުގެ މުދާ ކްލިއަރކޮށްފި

މި މަހުގެ ހަފުތާގެ ތެރޭގައި 1،306 ކޮންޓެއިނަރުގެ މުދާ ކްލިއާކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފި އެވެ.

އެމްޕީއެލް އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 31 އޮގަސްޓު 2025 އިން 06 ސެޕްޓެންބަރު 2025 އާ ދެމެދު ކްލިއާކުރި ކޮންޓެއިނަރުތަކުގެ ތެރޭގައި 20 ފޫޓުގެ 452 ކޮންޓެއިނަރާއި 40 ފޫޓުގެ 427 ކޮންޓެއިނަރު ހިމެނެ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި މުއްދަތުގައި ކްލިއާކުރި މުދާތަކަށް ބަލާއިރު، އެންމެ ގިނައިން ކްލިއާކޮށްފައިވަނީ ބިހެވެ. މިގޮތުން 11،730 ޕެކޭޖުގެ ބިސް ކްލިއާކޮށްފައިވާއިރު، 7،160 ޕެކޭޖުގެ ފިޔާ، 5،721 ޕެކޭޖުގެ ކަރާ، 4،559 ޕެކޭޖުގެ އަލުވި، 3،636 ޕެކޭޖުގެ ޓޮމާޓޯ އަދި 2،640 ޕެކޭޖުގެ އަލަނާސިވެސް ކްލިއާކޮށްފައިވެ އެވެ.

މީގެ އިތުރުން 2،743 ޕެކޭޖުގެ ކެބެޖާއި، 1،835 ޕެކޭޖުގެ ދޮންކޭލާއި، 1،017 ޕެކޭޖުގެ ބަރަބޯ އަދި 522 ޕެކޭޖުގެ ސްވީޓް މެލަންވެސް މި މުއްދަތުގައި އެމްޕީއެލް އިން ކްލިއާކޮށްފައިވެ އެވެ.

އެމްޕީއެލް އިން ހާމަކޮށްފައިވާ ގޮތުގައި މި މުއްދަތުގައި 02 ކޮންޓެއިނަރު އުޅަނދާއި 04 ޖެނެރަލް ކާގޯ އުޅާނދު ހޭންޑަލްކޮށްފައިވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.