ޤައުމީ ފުޓުބޯޅަ ޓީމަށް ރައީސުލްޖުމްހޫރިއްޔާ ސާބަސް ދެއްވައިފި

ސައުތު އޭޝިއަން ސުޕަރ ކަޕް 2025 ކާމިޔާބުކުރި ދިވެހިރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސާބަސްދެއްވައިފި އެވެ.

މިއަދު ސްރީލަންކާގެ ޓީމާ ދެކޮޅަށް ކުޅުނު މެޗު 1-1 އެއްވަރުވި ނަމަވެސް މުބާރާތުގެ ޗެމްޕިއަންކަން ދިވެހިރާއްޖެއަށް ލިބުނީ އެގްރެގޭޓް ނަތީޖާއިން ދިވެހި ޤައުމީ ޓީމު ކުރިހޯދާފައިވާތީއެވެ. ފުރަތަމަ މެޗުގައި ދިވެހިރާއްޖެއިން ވަނީ 3-0 އިން މޮޅުވެފައެވެ. މިކަމާ އުފާފާޅުކުރައްވައި އެކްސްގައި ކުރެއްވި ތަހުނިޔާގެ ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޓީމު ހޯދި ކާމިޔާބީއަށްޓަކައި ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ދިވެހިރާއްޖޭގައި އިހު އޮތް ފުޓުބޯޅައިގެ ރޫޙު އާލާކޮށް، ފުޓުބޯޅަ އާއި އެ ނޫންވެސް ކުޅިވަރުތައް ކުރިއެރުވުމަކީ، މި ސަރުކާރުން ވަރަށް ބޮޑު އަހުމިއްޔަތުކަމެއް ދެއްވާ ކަމެކެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ކުޅިވަރާއި ހަށިހެޔޮކަމަށް ބޭނުންވާ ބިނާރު ޤާއިމުކުރެއްވުމުގެ މަސައްކަތް މި ސަރުކާރުން، ހަރު ދުވެލީގައި ގެންދަވަނީ ކުރައްވަމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.