
ހުޅުމާލޭ ކަންނެލި ޖެޓީ ސަރަހައްދުން މަސްތުވާތަކެތި
ހުޅުމާލެ ފޭސް 1 ކަންނެލި ޖެޓީ ސަރަހައްދު ބަލައިފާސްކޮށް މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.
އެ ސަރަހައްދު ފުލުހުން ބަލައިފާސްކޮށްފައި ވަނީ މި މަހުގެ 8ވަނަ ދުވަހު ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު އެ ސަރަހައްދުގައި ތިބި ބައެއްގެ އަމަލުތައްހުރި ގޮތުން ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައިފާސްކޮށްފަ އެވެ.
އެ ސަރަހައްދު ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 23 ރަބަރު ޕެކެޓު ފެނިފައިވެއެވެ. މި ތަކެތި ފެނިފައިވަނީ ކަންނެލި ޖެޓީ ޑޮކް ފެންޑަރެއްގެ ތެރެއިންނެވެ. މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.