
އިސްރަށްވެހިންނަށް ހޭލުންތެރިކަމުގެ ސެޝަނެއް ގެންގޮސްފި
ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާއި ގުޅިގެން، ހުޅުމާލެ ހޮސްޕިޓަލުގެ ފިޒިއޮތެރަޕިސްޓުން، އިސްރަށްވެހިންނަށް އަމާޒުކޮށްގެން ވެއްޓުމުން ރައްކާތެރިވުމާ ގުޅޭ ހޭލުންތެރިކަމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި އެވެ.
މިސެޝަނުގައި ވެއްޓުމަށް މަގުފަހިވާކަންކަމާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެވޭނެ ބަދަލުތަކާއި ދުޅަހެޔޮކޮށް އުމުރުން ދުވަސްވުމާއި ބެހޭގޮތުން މައުލޫމާތު ދީފައިވެ އެވެ. އަދި ހަމައެހެންމެ ވެއްޓުމާއި ގުޅޭގޮތުން އެސެސްމެންޓްތައް ހަދައި، ކަސްރަތު ޕްރޮގްރާމެއް ވެސް ވަނީ ކުރިއަށް ގޮންގޮސްފައިވެ އެވެ.
އިސްރަށްވެހިންނަކީ ހަރަކާތްތެރި ދިރިއުޅުމެއް އުޅޭ، ދުޅަހެޔޮ ބަޔަކަށް ހެދުމުގެ މަޤްސަދުގައި އިސްރަށްވެހިންގެ ނާދީގައި މިފަދަ ތަފާތު ޕްރޮގްރާމްތައް ކުރިއަށް ގެންދެ އެވެ.