ރަޝިޔާއިން ދިން ވަރުގަދަ ހަމަލާއިން ޔޫކްރޭން ސަރުކާރުގެ މައި ޢިމާރާތުގައި ރޯވެ އަނދަނީ

ރަޝިޔާއިން ޔޫކްރޭންއަށް ދިން ބާރުގަދަ ހަމަލާއެއްގައި އެޤައުމު ސަރުކާރުގެ މައި އިމާރާތުގައި ރޯވެ، ބޯޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.
ޔޫކްރޭންގެ މީޑިއާއާއި ހަވާލާދީ ބައިނަލްއަޤްވާމީ މީޑިއާތަކުގައި ބުނެފައިވާނީ، މިހަމަލާއަކީ މީގެކުރިން ދީފައިނުވާ ވަރުގެ ބޮޑު ހަމަލާއެއް ކަމަށާއި، މިހަމަލާގައި ސަރުކާރުގެ މައި އިމާރާތައް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
މިހަމަލާގެ ސަބަބުން 4 މީހަކު މަރުވެ، އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށްވެސް މީޑިއާތަކުން ވަނީ ބުނެފައެވެ. އަދި މަރުވި މީހުންގެތެރޭގައި ތުއްތު ކުއްޖަކުވެސް ހިމެނޭކަމަށް ބުނެފައިވެ އެވެ. ހަމަލާއާއި ގުޅޭގޮތުން ޔޫކްރެއިންގެ ބޮޑުވަޒީރު ޔޫލިއާ ސްވީރީދެންކޯ ވިދާޅުވީ މިއީ ހަނގުރާމަ ފެށުނު ފަހުން ޔޫކްރެއިންގެ ވެރިރަށް ކީއެވްގައި ހުންނަ ސަރުކާރުގެ މައި އިމާރާތަށް ޙަމަލާއެއް އަމާޒުވި ފުރަތަމަ ފަހަރު ކަމަށެވެ. ހަމަލާ ދިނުމަށް ރަޝިޔާއިން 805 ޑްރޯންއާއި 13 މިސައިލު ބޭނުންކޮށްފައިވާއިރު، އޭގެތެރެއިން 751 ޑްރޯންއާއި 4 މިސައިން ޔޫކްރޭންއިން ވަނީ ވައްޓާލާފައިކަމަށް އެގައުމުން ބުނެ އެވެ.
ރަޝިޔާއިން ދިން ހަމަލާތަކުގައި ޔޫކްރޭންގެ އުތުރާއި ދެކުނާއި އިރުމަތީ ސަރަހައްދުތައް ކަމުގައިވާ ޕޮރީޖާއާއި ކްރީވީ ރީހާއި އޮޑެސާގެ އިތުރުން ސޫމީ އަދި ޗާނީހެވްއަށް ވަނީ ގެއްލުން ލިބިފަ އެވެ. އަދި ހަމަލާތައް މީހުން ދިރިއުޅޭ އިމާރާތްތަކަށް ވެސް އަމާޒުވެފައިވާ ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރު ޒެލެންސްކީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ. އަދި މާ ކުރިންސުރެ ސުލްޙަވެވެން އޮއްވައި މި ފަދަ ގޮތަކަށް ރަޝިޔާއިން މީހުން މެރުމަކީ އެ ޤައުމުން ގަސްތުގައި ހިންގާ ޖަރީމާއެއް ކަމަށާއި އެއީ ހަނގުރާމައިގެ ނިމުން ފަސް ކުރުމަށް ކުރާ މަސައްކަތެއް ކަމަށްވެސް ޒެލެންސްކީގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.