
މެލޭޝިޔާގައި ބާއްވާ އިސްލާމިކް ގަވާނަންސް ކޯހުގެ ބައިވެރިން ފުރައިފި
މެލޭޝިޔާގައި މި މަހުގެ 8 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އިސްލާމިކް ގަވަރނަންސް އަދި އެޑްމިނިސްޓްރޭޓިވް ކޯހުގެ ދެވަނަ ބުރުގެ ބައިވެރިން މެލޭޝިޔާއަށް ފުރައިފި އެވެ.
އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި ކޯހުން ފުރުސަތު ދީފައިވަނީ އިމާމުންނާއި ޚަޠީބުންގެ އިތުރުން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިސް ބައެއް މުވައްޒަފުންނަށެވެ.
އެވުޒާރާއިން އިތުރަށް ބުނެފައިވަނީ، މި ކޯހުގެ ބައިވެރިން މެލޭޝިޔާގެ އިސްލާމީ އެކި މުއައްސަސާތަކުގެ މަސައްކަތައް ކުރިއަށްދާ ގޮތް ބެލުމާއި އިސްލާމީ ތާރީޚީ ބައެއް ތަންތަނަށް ޒިޔާރަތް ކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން މި ކޯހުގެ ތެރެއިން އިސްލާމިކް ގަވަނަންސް އަދި އެޑްމިނިސްޓްރޭޝަންއާއި ގުޅޭ މުހިއްމު ސެޝަންތަކެއް ކުރިއަށް ގެންދެވޭނެ ކަމަށް ވެސް އެވުޒާރާއިން ބުނެފައިވެ އެވެ.
2024 ވަނަ އަހަރުވެސް މެލޭޝިޔާއިން އިމާމުންނަށް ތަމްރީނާއި ތަޖުރިބާގެ ފުރުސަތު އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާއިން ވަނީ ހޯދައިދީފަ އެވެ.