ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްއިން އަނެއްކާވެސް މުޖްތަމަޢު ހެއްވާލައިފި

ބެޑްމިންޓަން ކްލަބުން އިންތިޒާމުކޮށްގެން މި މަހު 1 އިން ފެށިހިގެން މާލެ އެކުވެނި ބެޑަމިންޓަން ކޯޓުގައި ކުރިއަށްދިޔަ ދިރާގު މޯލްޑިވްސް ޖޫނިއަރ އޯޕަން ބެޑްމިންޓަން މުބާރާތް ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ ކުޅުންތެރިންވަނީ ފެންވަރުދައްކާލާފައެވެ.

މި މުބާރާތުގައި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ 13 ކުލުންތެރިން ވަނީ ބައިވެރި ވެފައެވެ. ސްޕެޝަލް ގެޓަގަރީގައި މިކުޅުންތެރިންވަނީ ވާދަކޮށް ގިނަ ބއެއްގެ ސަމާލުކަން ހޯދަފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ ކުދިން މިވަރަށް ކުޅޭނެކަމަށްހީވެސް ނުކުރަން، އެކުދިންގެ އެހެރަ ޖޯޝް ފެނިފަ އަޅުގަނޑުހުރީ ބަސް ހުއްޓިފަ، ވަރަށް އުފާވި، މިރޭވެސް މި ހޯލު ތެރޭގައި އެންމެ ގަދަޔަށް ސަޕޯޓުކޮށް ހަޅޭލެވީ އެކުދިން މީ ކުރިން ނުފެންނަ އުފާވެރި މަންޒަރެއް – ކްލަބެއްގެ ކޯޗެއް.

މި މުބާރާތުގެ ސްޕެޝަލް ގެޓަގަރީގެ ފިރިހެން ގޯލްޑް މެޑަލް ހޯދީ އިބްރާހީމް ރަބީތު އަދި އަންހެން ގޯލްޑް މެޑަލް ހޯދީ ޢާއިޝަތު ފައުޒާ އިބްރާހީމް އެވެ. މީގެ އިތުރުން ފިރިހެން ސިލްވަރ މެޑަލް މުޙައްމަދު ޝުޖާޢު އިސްމާޢީލް އަދި ބްރައުންޒް މެޑަލް މުޙައްމަދު ޖުމާން އަޙްމަދު އާއި އިބްރާހީމް ހާޝިމް ވަނީ ހޯދާފައެވެ.

Foto: SOM

އަންހެން ސިލްވަރ މެޑަލް ހޯދީ އަމްނާ އަޙްމަދު ޢަބްދުﷲ އަދި ބްރައުންޒް މެޑަލް ހޯދީ ޢާއިޝަތު މާނިޔާ އާދަމް އެވެ.

Foto: SOM

މި މުބާރާޓް އިންތިޒާމު ކުރި ބެޑްމިންޓަން ކްލަބުންގެ ރައީސް އަލްފާޟިލް އަޙްމަދު މަޙްލޫފު ވިދާޅުވި ގޮތުގައި ރާޢްޖޭގެ ހުރިހާ ކުޅިވަރެއްގައިވެސް ނުކުޅެދުންތެރިކަން ހުނަން ފަރާތްތަކުގެ ބައިވެރިވުން އޮންނަންޖެހެ އެވެ.

މި މުބާރާތުގައި ވަރަށް ޚާއްޞަ ސަމާލުކަމެއް ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދީފައެވެ. އެގޮތުން މި މުބާރާތް ފެއްށީ ނުކުޅެދުންތެރިކަން ހުނަން ފަރާތްތަކުގެ ކެޓަގަރީން ނެވެ.

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އިން އަންނަނީ ދިވެހިރާއްޖޭގައި އުޅޭ ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން 2019 އިން ފެށިގެން މެދުނުކެނޑި ވަރަށް ގިނަ ޙަރަކާތްތަކެއް ހިންގަމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލުތައް: 2 ޚިޔާލު ލިބިފައިވޭ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އައި ފަހުން ރާއްޖޭގަ ނުކުޅެދޭ މީހުންނަށް ފުރުސަތުތައް ވަރަށް ލިބޭ މިކުދިން އުޅޭކަން ވެސް ކުރިން ނޭގޭ
    ތިޔަ ކުރައްވާ މަސައްކަތުގައި ބަރަކާއި ލައްވާށި .. އާމީން

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.