ޖައިކާގެ އެހީގައި ޒޯން 4 ގައި ދަތުރުފަތުރުގެ ނިޒާމު ޤާއިމުކުރުމަށް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެސިސްޓެންސް (ޖައިކާ) ގެ ކޮންސަލްޓަންޓުންނާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއާ ދެމެދު މިއަދު ވަނީ މުހިންމު މަޝްވަރާ ބައްދަލުވުމެއް ބާއްވާފަ އެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ، ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމުގެ ދަށުން، އާރު.ޓީ.އެލް (RTL) ޕްރޮޖެކްޓްގެ ދަށުން ޒޯން 4 (މ، ފ، ދ، ތ އަދި ލ އަތޮޅު) ގައި ދަތުރުފަތުރުގެ ނިޒާމު ގާއިމު ކުރުމަށް ކުރަން ހަމަޖެހިފައިވާ ދިރާސާތައް ކުރުމަށް ޖައިކާގެ ފަރާތުން ދޭ އެހީތެރިކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ބައްދަލުވުމުގައި ޖައިކާގެ ފަރާތުން ވަނީ މިނިސްޓްރީއާ މުހިންމު މައުލޫމާތުތަކެއް ހިއްސާކޮށްފައެވެ. އެގޮތުން، މިހިނގާ ސެޕްޓެންބަރު އަދި އޮކްޓޯބަރު މަހު ކުރުމަށް ހަމަޖެހިފައިވާ ބޭސްލައިން ސާރވޭއާބެހޭ ތަފްސީލީ މައުލޫމާތު ދީފައިވެއެވެ. މީގެ އިތުރުން، މި ސާރވޭތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ވަގުތު ތާވަލު (ޓައިމްލައިން) ވެސް މިނިސްޓްރީއާ ވަނީ ޙިއްސާކޮށްފަ އެވެ.

ޒޯން 4 ގައި ހިމެނޭ މުއައްސަސާތަކާއި ރައްޔިތުންނަށް ދަތުރުފަތުރުގެ ހިދުމަތްތައް ފަސޭހަކޮށްދިނުމަށް މި ދިރާސާތަކުގެ މުހިންމުކަން ވަރަށް ބޮޑެވެ. ޖައިކާގެ އެހީތެރިކަމާއެކު މި މަސައްކަތްތައް ކުރިއަށް ގެންދެވުމަކީ، ދަތުރުފަތުރުގެ ނިޒާމު ތަރައްގީކޮށް، ރައްޔިތުންނަށް އިތުރު ފަސޭހަތައް ލިބިގެންދާނެ ކަމެއް ކަމަށް ބެލެވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.