ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަޒީފާގެ މާޙައުލުގައި ޝާމިލް ކުރުމާއިގުޅޭގޮތުން ހޭލުންތެރި ކުރުމުގެ ސެޝަންއެއް ބާއްވައިފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަޒީފާގެ މާޙައުލުގައި ޝާމިލް ކުރުމާއިގުޅޭގޮތުން ހޭލުންތެރި ކުރުމުގެ ސެޝަންއެއް ބާއްވައިފި އެވެ.
އިޖްތިމާއީ އަދި ޢާއިލީ ތަރައްޤީ އާއި ބެހޭ ވުޒާރާއިން ބޭއްވި ހޭލުންތެރި ކުރުމުގެ މިސެޝަން ބާއްވާފައިވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މުވައްޒަފުންނަށެވެ. އަދި މިސެޝަންގައި އެކޯޕަރޭޝަންގެ 12 މުވައްޒަފަކު ބައިވެރިވެފައިވާ ކަމަށް އެވުޒާރާއިން ވަނީ ހާމަކޮށްފަ އެވެ.
މިސެޝަންގައި، ވަޒީފާގެ މާޙައުލުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލުކުރުމަކީ ކޮބައިކަމާއި، މިކަމާއި ގުޅޭ ޤާނޫނާއި ޤަވައިދާއި، އެކުލެވިގެންދާ މިންގަނޑުތަކާއި، ވަޒީފާގެ މާހައުލުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާ މުޢާމަލާތްކުރާނެ ގޮތްތަކާއި، އެކްސިސިބިލިޓީ އާއި ގުޅޭ ގޮތުން ބައިވެރިންނަށް މުހިންމު މަޢުލޫމާތު ފޯރުކޮށްދީފައިވާ ކަމަށް އިޒްތިމާއީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ބުނެފައިވެ އެވެ. ހަމައެހެންމެ، ވަޒީފާގެ މާޙައުލުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި މެދު ކުރިން ދެކެމުންއައި ގޮތްތަކާއި، އެ ވިސްނުންތައް ބަދަލުކޮށް އެފަރާތްތައް ވެސް ޝާމިލުކޮށްގެން ގުޅިގެން މަސައްކަތްކުރުމާއި ގުޅޭ ގޮތުންވެސް ސެޝަނުގައި އަލިއަޅުވާލާފައިވާ ކަމަށް އެވުޒާރާއިން ހާމަކޮށްފައިވެ އެވެ.
ނިމިގެންދިޔަ ހޭލުންތެރި ކުރުމުގެ ސެޝަންއަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހެން މީހުންނެކޭ އެއްފަދައިން ވަޒީފާ އަދާކުރުމުގެ ފުރުސަތާއި، ވަޒީފާގެ މައިދާނުގައި ހަމަހަމަ ފުރުސަތުތައް ލިބިދިނުމުގެ ޙައްޤު ލިއްބައިދިނުމަށްޓަކައި، އެކަމަށް މަގުފަހިކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މި ޙައްޤު ކަށަވަރުކުރުމަށް އިޒްތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ކުރަމުންދާ ގިނަ މަސައްކަތްތަކުގެ ތެރެއިން ބާބެކެވެ.
އަދި ނުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ވަޒީފާ އަދާކުރަން ޝައުގުވެރިވާ ފަރާތްތަކަށް ދަޢުލަތުގެ ތެރެއިން ވަޒީފާ ޔަޤީންކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރެއިން ވަޢުދެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.