އެކުއަރތޯން މޫދު ކަސްރަތު ޕްރޮގްރާމް ބާއްވައިފި

ގްލޯފިޓް އިން އިސްނަގައިގެން ބޭއްވި އެކުއަރތޯން މޫދު ކަސްރަތު ޕްރޮގްރާމް ކުރިއަށް ގެންގޮސްފިއެވެ.

ތިންގަޑިއިރަށް މިއަދު ހެނދުނު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދިޔަ މި ހަރަކާތަކީ ބައިނަލް އަޤްވާމީ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭއްވޭ މޫދު ކަސްރަތުގެ ހަރަކާތެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި އަހަރުގެ މި ހަރަކާތް ގާތްގަޑަކަށް ދުނިޔޭގެ 78 ޤައުމެއްގެ 235 ސަރަހައްދުގައި އެއްދުވަހެއްގައި ކުރިއަށް ދާނެއެވެ. އޭގެ ތެރޭގައި ގާތްގަޑަކަށް ރާއްޖޭގެ 17 އަތޮޅެއްގެ 22 ރަށެއްގައި މިއަދު ހެނދުނު ނުވައަކުން ބާރައަށް ކުރިއަށް ދިއަކަން ފާހަގަ ކޮށްލެވެއެވެ.

ފެނުގެ ކަސްރަތުތަކަށް މީހުން ދާއިމީ ގޮތެއްގައި އަހުލުވެރި ކުރުމާއި ދުޅަހެޔޮ ސިއްޙަތަކަށް މަގުފަހި ކުރުމާއި ހިތްހަމަޖެހޭ އުފާވެރި މާޙައުލެއްގައި ކަސްރަތުކުރުމަށް ބާރު އެޅުމުގެ މަޤުޞަދުގައި ގްލޯފިޓް އާއި ޑައިބެޓީސް އެސޯސިއޭޝަން އާއި ގުޅިގެން ކުރިއަށް ގެންދިޔަ މިއަހަރުގެ މިހަރަކާތުގައި ކަސްރަތު ކްލާސްތައް ހިންގަވާ ފަރާތްތަކުގެ އެއްބާރުލުން ލިބިފައިވެއެވެ.

މޫދު ކަސްރަތަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައިވެސް ފަސޭހައިން ކުރެވޭނޭކަމަކަށް ވުމާއިއެކު މޫދު ކަސްރަތު ދެމެހެއްޓެނިވި ގޮތަކަށް މުޅި ރާއްޖޭގެ ރަށްތަކުގައި ކުރުމަށް ހުރިހާ ފަރާތްތަކަށްވެސް މި ހަރަކާތުން ހިތްވަރު ދެވޭނެއެވެ.

glofit-moodhu-2

2009 ވަނަ އަހަރު ގްލޯފިޓް އުފެދިގެން އައީ ކަސްރަތުކުރާ އިންސްޓްރަކްޓަރުން އުފެއްދުމަށާއި ކަސްރަތުކުރުމަށް މީހުންގެ ޝައުޤު ވެރިކަމާއި ލޯބި އިތުރުކޮށް ދުޅަހެޔޮ ސިއްޙަތަކަށް ޢަމަލުތައް ބައްޓަންކުރުމަށްޓަކައި މަޢުލޫމާތާއި ހޭލުންތެރިކަން އިތުރުކޮށްދީ މީހުން ކަސްރަތު ކުރާހިތުން ކުރުމަށް ބާރު އެޅުމުގެ ގޮތުގެ މައްޗަށް ބިނާވެގެންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.