ބ. އަތޮޅުގެ 8 ރަށެއްގައި ’ވޯކް އެންޑް ޓޯކް‘ ހަރަކާތްތަކެއް

ފުލުހުންގެ ދުވަހާ ގުޅިގެން، ބ. އަތޮޅު ޕޮލިހުން އެ އަތޮޅުގެ 8 ރަށެއްގައި ’ވޯކް އެންޑް ޓޯކް‘ ހަރަކާތްތަކެއް ހިންގައިފި އެވެ.

މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ މި ސެޕްޓެންބަރު މަހުގެ 1ވަނަ ދުވަހުއެވެ. އޭދަފުށި، ތުޅާދޫ، ކެންދޫ، ކަމަދޫ، ކުޑަރިކިލު، ދޮންފަނު، ހިތާދޫ އަދި މާޅޮހުގައި ހިންގި މި ހަރަކާތްތަކަކީ ރައްޔިތުންނާއި ފުލުހުން ގުޅިގެން، ރައްކާތެރި މުޖުތަމައެއް ބިނާކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ހަރަކާތްތަކުގެ މައިގަނޑު ބޭނުމަކީ ފުލުހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ރަށްރަށުގެ އާންމު ރައްޔިތުންނާ ގާތުން ގުޅުން ބަދަހިކޮށް، އެ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި، އެ ކަންކަން ހައްލުކުރުމަށް ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމެވެ.

“ވޯކް އެންޑް ޓޯކް” ހަރަކާތުގައި ބ. އަތޮޅު ފުލުހުން ވަނީ ކުށްތަކުން ރައްކާތެރިވެ ތިބުމަށް ރައްޔިތުންނަށް ކުރެވޭނެ ކަންތައްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފަ އެވެ.

އެގޮތުން އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތަކާއި، މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތަކުން ރައްކާތެރިވުމާއި، މުދަލާއި ގެދޮރު ރައްކާތެރިކުރުމަށް އެޅޭނެ ފިޔަވަޅުތަކާ ބެހޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އޮންލައިން ވިޔަފާރިކުރުމާއި ފައިސާގެ މުއާމަލާތްތައް ކުރުމުގައި ހާއްސަ ސަމަލުކަންދޭންޖެހޭ ކަންކަން ކިޔައިދީފައިވެ އެވެ.

މީގެ އިތުރުން، ފުލުހުންގެ ހިދުމަތް ދިނުމުގައި ރަނގަޅުކުރަންވީ ކަންތައްތައް ރައްޔިތުންގެ ކިބައިން އޮޅުންފިލުވައި، އެކަމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ވެސް ވާހަކަ ދެކެވިފައިވެއެވެ. އަދި ކުރިއަށް އޮތްތަނުގައި ފުލުހުންގެ މަސައްކަތްތައް ބައްޓަންކުރަންވީ ގޮތާ ބެހޭގޮތުން އާންމު ރައްޔިތުންގެ ފަރާތުން ހިޔާލު ހޯދާފައިވެ އެވެ.

ފުލުހުން ދޭ ހިދުމަތްތަކާ ގުޅޭގޮތުން މައުލޫމާތުދީ، ކުށްމަދުކޮށް ރައްކާތެރި މުޖުތަމައެއް ބިނާކުރުމަށް ރައްޔިތުންނާއި ފުލުހުން ގުޅިގެން ކުރެވޭނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކޮށް ހިޔާލު ބަދަލުކުރެވުނެވެ.

މި ހަރަކާތުގައި، ރަށްރަށުގެ އުމުރުން ދުވަސްވީ މީހުންނާއި ޒުވާނުންގެ އިތުރުން ކުޑަކުދިންނާ ވެސް ބައްދަލުކޮށްފައިވެ އެވެ.

މި ހަރަކާތަކީ ކުށްމަދު ރައްކާތެރި މުޖުތަމައެއް ރަށުގެ ރައްޔިތުންނަށް ހޯދައި ދިނުމަށް ފުލުހުން ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން ކުރިއަށް ގެންދާ ހަރަކާތްތަކެކެވެ. އާންމު ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކޮށް ގުޅުން ބަދަހި ކުރުމަށް ފުލުހުން އަންނަނީ ތަފާތު އެކި ހަރަކާތްތައް ރަށްރަށުގައި ހިންގަމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.