އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް

އަފްޣާނިސްތާނަށް އައި ބާރުގަދަ ބިންހެލުމެއްގައި 800 އަށް ވުރެ ގިނަ މީހުން މަރުވެއްޖެއެވެ.

އަފްޣާނިސްތާނަށް އައި ބާރުގަދަ ބިންހެލުމެއްގައި 800 އަށްވުރެ ގިނަ މީހުން މަރުވެ އެތައް ބަޔަކަށް އަނިޔާ ވެއްޖެ އެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނާގޮތުގައި ޕާކިސްތާންގެ ބޯޑަރ ކައިރިން އަފްޣާނިސްތާނަށް ރޭ މެންދަމުގެ ވަގުތެއްގައި އައި މި ބިންހެލުމަކީ 6 މެގްނިޓިއުޑްގެ ބިންހެލުމެކެވެ. އަދި މިބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ އިތުރުން 2500 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށްވެސް އަފްޣާނިސްތާންގެ ނޫސްއޭޖެންސީއަކާއި ހަވާލާދީ ބޭރުގެ މީޑިއާތަކުން ހާމަކޮށްފައިވެ އެވެ.
މިބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ނޫރްޣަލް ޑިސްޓްރިކްޓް އެއްކޮށްހެން ވަނީ ސުންނާފަތިވެފައެވެ. އަދި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ބިންހެލުމުގެ ސަބަބުން ވެއްޓުނު އިމާރާތްތަކުގެ ދަށުވެފައިވާކަމަށާއި، އެކުދިންނާއި މީހުން އިމާރާތްތަކުގެ ދަށުން ސަލާމަތް ކުރުމަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ބޭނުންވާނެ ކަމަށް އެއަވަށުގައި ދިރިއުޅޭ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ނަންގަރްހާރް ޕްރޮވިންސްގެ ޑަރާއިނޫރް ޑިސްޓްރިކްޓްއިން ވެސް 9 މީހުން މަރުވެފައިވާ ކަމަށާއި ލަޣްމަން ޕްރޮވިންސްއިން 58 މީހުން މަރުވެ އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށް ހަބަރުތައް ބުނެއެވެ. އޭގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުން ކަމަށް މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކާއި ހަވާލާދީ އަފްޣާންގެ ގައުމީ ނޫސް އޭޖެންސީއިން ވަނީ ބުނެފައެވެ.
މިކަމާއިބެހޭގޮތުން އެކުވެރި ދައުލަތްތަކުގެ ޗީފް އެންޓޯނިއޯ ގުޓަރޭޒް ބުނެފައިވަނީ، މިހިތާމަވެރި ހާދިސާގައި އަފްޣާނިސްތާންގެ ރައްޔިތުންނާއި އެއްކޮށް ހުރި ކަމަށާއި، ރައްޔިތުންނަށް އެހީތެރިވުމުގައި ފުރިހަމަ އެއްބާރުލުން ދޭނެކަމުގައެވެ. އަދި މިހިތާމަވެރި ދަނޑިވަޅުގައި މިހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ތަޢުޒިޔާ ވިދާޅުވެ، އަނިޔާވި ފަރާތްތަކަށް އަވަސް ޝިފާއެއް ދެއްވުން އެދޭކަމަށް ވިދާޅުވި އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.