ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުން ބަދަހިވެ، ރައްޔިތުންނަށް ފައިދާކުރާނެ: ވަޒީރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅާއިއެކު ދިވެހިރާއްޖެއާއި ޗައިނާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، ދެޤައުމުގެ ރައްޔިތުންނަށްވެސް އެއިގެ ފައިދާކުރާނެކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ވަޒީރު ޒަމީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޗައިނާގެ ރައީސް ޝީ ޖިންޕިންގްއާ ބައްދަލުކުރެއްވުމަށްފަހު، އެމަނިކުފާނު ކުރެއްވި ޓްވީޓެއްގަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޗައިނާ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަޒީރު ޒަމީރު ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގްއާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައި، 2024-2028 އަށް ދިވެހިރާއްޖެއާއި ޗައިނާގެ މެދުގައި ޤާއިމުކުރެވޭ ”ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނަރޝިޕް“ އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފައިވާކަން ހާމަކުރައްވައިފަ އެވެ. މިބައްދަލުކުރެއްވުމުގައި، ދެޤައުމުގެ ދެމެދުގައި ކުރިއަށްގެންދެވޭ ގުޅުންތަކުގެ މަސައްކަތްތައް ހަލުއިކުރުމާއި، ޢާންމު މަސްލަހަތު ހިމެނޭ މުހިންމު ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވިފައިވާ ކަމަށް ވަޒީރު ޒަމީރު ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޗައިނާ ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގަތުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޝަރަފެއް ކަމަށެވެ. އަދި ދިވެހިރާއްޖެއާއި ޗައިނާއަކީ ރަޙުމަތްތެރިކަމާއި ތަރައްޤީގެ ބައިވެރިއެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް އޮތް ދެޤައުމު ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިގުޅުން ބަދަހިކުރުމަކީ ދެޤައުމުގެ ރައްޔިތުންނަށް އިތުރު ފާގަތިކަން ގެނެސްދޭނެ ކަމަށް ޔަޤީންކުރައްވާ ކަމަށްވެސް ޒަމީރު ވިދާޅުވެފައިވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.