ބަނގުރަލުގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ބިދޭސީންތަކެއް ހައްޔަރު ކޮށްފި

ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި 3 ބިދޭސީން ހައްޔަރުކޮށްފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި އެހިދުމަތުން މާލޭހައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އޮގަސްޓު މަހުގެ 27 ވަނަ ދުވަހު ހެންވޭރު ގެއަކާއި ސައިކަލެއް ވަނީ ބަލައި ފާސްކޮށްފަ އެވެ.
މިއޮޕަރޭޝަނަކީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ. އަދި މިތަންތަން ބަލައި ފާސްކުރިކުރުމުން 19 ފުޅި ބަނގުރަލާއި 12ދަރު ބިޔަރު ފެނިފައިވާކަމަށް އެފަރާތުން ވަނީ މަޢުލޫމާތު ދެއްވާފަ އެވެ.
މިއޮޕަރޭޝަނަށްފަހު ހައްޔަރު ކޮށްފައިވަނީ ސްރީލަންކާގެ 3 މީހުންނެވެ. އެއީ ސެނިތް ހެޝަން ވިކްރަމަސިންހަ (29އ) އާއި، ދުލިތު މަޑުސާކާ (39އ) އަދި ޖިނިތަ މަދުރަންގާ ސެނަވިރަތިން (24އ) އެވެ. މި 3 މީހުންވެސް މިހާރުވަނީ ޑިޕޯޓު ކުރުމަށް އިމިގްރޭޝަނާއި ހަވާލު ކޮށްފައިކަމަށް ފުލުހުން ބުނެފައިވެ އެވެ.
މިމައްސަލަ ފުލުހުން މިހާރުދަނީ ތަހުގީގު ކުރަމުންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.