ބްރިގޭޑިއަރ ޖެނަރަލް އަޙްމަދު ނަޝީދު ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރައްވައިފި

ދިވެހި އަސްކަރިއްޔާގައި 37 އަހަރުގެ އިޚްލާސްތެރި ޚިދުމަތަށްފަހު، ބްރިގޭޑިއަރ ޖެނަރަލް އަޙްމަދު ނަޝީދު އެޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފި އެވެ.
މިކަމަށްޓަކައި ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލް ޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވި ހާއްސަ ސިޓީފުޅެއް ބްރިގޭޑިއަރ ނަޝީދަށް ވަނީ އަރުވާފައެވެ. ރައީސުލް ޖުމްހޫރިއްޔާގެ ފަރާތްޕުޅުން މިސިޓީފުޅު ހަވާލުކޮށްދެއްވީ ދިފާއީ ވަޒީރު އޮނަރަބަލް މުޙައްމަދު ޣައްސާން މަޢުމޫން އެވެ.
މި ރަސްމިއްޔާތުގައި، އެމްއެންޑީއެފުން ދެއްވާ ސިޓީފުޅާއި އިޚްލާޞްތެރި ޚިދުމަތް ރަމްޒުކޮށްދޭ ޑެކަރޭޝަން ބޯޑު، ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އަޙްމަދު ނަޝީދުއާ ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. އަދި ރިޓަޔަރމަންޓްގެ ރަމްޒީ ކާޑު، ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އަޙްމަދު ނަޝީދުއާ ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އެވެ.

ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ނަޝީދު ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާ އެކު ރިޓަޔަރކުރެއްވި އިރު ހުންނެވީ ޑައިރެކްޓަރޭޓް އޮފް ލޮޖިސްޓިކްސް އެންޑް ރިސޯސް މެނޭޖްމަންޓް (ޖޭ4/ޖޭ8)ގެ ޑައިރެކްޓަރ ޖެނެރަލް އަދި އޯޑްނަންސް ސަރވިސްގެ ކޮމާންޑަރގެ މަޤާމުގަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އަޙްމަދު ނަޝީދުގެ ދިގު އަސްކަރީ ޚިދުމަތުގައި، ޑައިރެކްޓަރޭޓް އޮފް ލޮޖިސްޓިކްސް އެންޑް ރިސޯސް މެނޭޖްމަންޓް (ޖޭ4/ޖޭ8)ގެ ޑައިރެކްޓަރ ޖެނެރަލްގެ މަޤާމް، ޑައިރެކްޓަރޭޓް އޮފް ލޮޖިސްޓިކްސް (ޖޭ4) ގެ ޕްރިންސިޕަލް ޑައިރެކްޓަރގެ މަޤާމް، އޯޑްނަންސް ސަރވިސްގެ ކޮމާންޑަރގެ މަޤާމާއި ކޮމާންޑިންގ އޮފިސަރގެ މަޤާމް، ކްއާޓަރ މާސްޓަރ ސަރވިސްގެ ކޮމާންޑިންގ އޮފިސަރގެ މަޤާމް، ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕްގެ ކޮމާންޑިންގ އޮފިސަރގެ މަޤާމް، ޓްރާންސްޕޯޓް ސަރވިސްގެ ކޮމާންޑިންގ އޮފިސަރގެ މަޤާމް، ސަޕްލައި ޔުނިޓުގެ ކޮމާންޑިންގ އޮފިސަރގެ މަޤާމާއި އޮފިސަރ ކޮމާންޑިންގގެ މަޤާމާއި އޮފިސަރ ކޮމާންޑިންގގެ އެހީތެރިޔާގެ މަޤާމު ވަނީ އަދާކުރައްވާފަ އެވެ.

މި ރަސްމިއްޔާތުގައި ބްރިގޭޑިއަރ ޖެނެރަލް އަހްމަދު ނަޝީދުގެ 37 އަހަރުގެ ސިފައިންގެ ހިދުމަތުގެ މައްޗަށް ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓެއް ހުށަހެޅުމުގެ އިތުރުން، ބްރިގޭޑިއަރ ޖެނެރަލް އަހްމަދު ނަޝީދުގެ އަސްކަރީ ޚިދުމަތުގެ ސައިޓޭޝަންއެއް އިއްވެވި އެވެ.

މި ރަސްމިއްޔާތުގައި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، ޔުނިޓްތަކުގެ ކޮމާންޑަރުންނާއި، އޮފިސަރުންނާއި، ވޮރަންޓް އޮފިސަރުންނާއި، ކޮމާންޑް ސާރޖަންޓް މޭޖަރުން އަދި ޑައިރެކްޓަރޭޓް އޮފް ލޮޖިސްޓިކްސް އެންޑް ރިސޯސް މެނޭޖްމަންޓް (ޖޭ4/ޖޭ8) އަދި އޯޑްނަންސް ސަރވިސްގެ ސިފައިން ބައިވެރިވެލެއްވި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.