މަދަނީ ޖަމިއްޔާތަކުގެ ޤައުމީ ފޯރަމްގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އިން ސެޝަނެއް ކުރިއަށް ގެންގޮސްފި

ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ކުރިއަށްގެންދިޔަ ޤައުމީ ފޯރަމްގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ފަރާތުން މަޢުލޫމާތު ހިއްސާކުރުމާއި، މަޝްވަރާ ހޯދުމުގެ ސެޝަނެއް ކުރިއަށްގެންގޮސްފި އެވެ.

މި މަހުގެ 28 އަދި 29 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޤައުމީ ފޯރަމްގެ މަޤުސަދަކީ ޖަމިއްޔާތަކާއި ގުޅިގެން ޤައުމުގެ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް މަސައްކަތްކުރުމަށާއި، އިޖުތިމާޢީ ތަރައްޤީއާ ގުޅޭ ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމުގައި ޖަމިއްޔާތައް ބައިވެރިކުރުމާއި، ޖަމިއްޔާތަކުގެ ގުޅުން ބަދަހިކޮށް، އިޖުތިމާޢީ ކަންކަމުގައި ޖަމިއްޔާތަކުގެ ދައުރު ފުޅާކޮށް ޖަމިއްޔާތައް ބާރުވެރިކުރުވުމެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ފަރާތުން ޤައުމީ ފޯރަމްގައި ކުރިއަށްގެންދިޔަ ސެޝަންގައި ވަނީ އިޖުތިމާޢީ ރައްކާތެރިކަމާއި، ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި އެވުޒާރާގެ ފަރާތުން ކުރިއަށްގެންދާ މުހިންމު ބައެއް ޕްރޮގްރާމްތަކާއި ގުޅޭ މަޢުލޫމާތާއި، ކޮންމެ މުޖުތަމަޢުއެއްގައިވެސް އިޖުތިމާޢީ ރައްކާތެރިކަމާއި، ދުޅަހެޔޮކަން ކަށަވަރުކުރުމަށް މަސައްކަތްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކޮށްފައިވެ އެވެ.

މީގެއިތުރުން މުޖުތަމަޢުގެ އިޖުތިމާޢީ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ޖަމިއްޔާތަކަށް އަދާކުރެވޭނެ ދައުރާ ގުޅޭގޮތުން މަޝްވަރާ ހޯދާއި، ހިޔާލު ބަދަލުކޮށްފައިވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.