ހިތުގެ ޓެސްޓެއް އަމިއްލަޔަށް ހަދާލާނެ ގޮތެއް

އިބްނުލް ޤައްޔިމް رحمه الله ވިދާޅުވެފައިވެއެވެ:
✨ 3 ޙާލަތެއްގައި ތިބާގެ ހިތުގެ ޙާލަތު ދެނެގަންނާށެވެ. އެއީ
📖 1- ޤުރުއާން އަޑުއަހާ ހާލަތުގައއްޔާއި الله تعالى އަށްޓަކައި އެއްވާ އެއްވުންތަކަށް (އެބަހީ: ޢިލްމު އުނގެނޭ މަޖިލީސް ތަކަށް ) ޙާޟިރުވާ ހާލަތުގައއްޔާއި އެކަނި ހުންނަ ހާލަތުގައި ( الله تعالى ގެ މަތިން ހަނދުމަކުރާހިނދު) ގަ އެވެ.
މި ޙާލަތް ތަކުގައި ތިބާގެ ހިތައް ހަމަޖެހުން ނުލިބޭނަމަ، الله تعالى ގެ ޙަޟްރަތުން ހިތެއް ދެއްވުމަށް އެދޭށެވެ. އެހެނީ ހަމަކަށަވަރުން ތިބާގެ ހިތެއް ނުވެ އެވެ.
الفوائد [ 479 ] ހިތް އިޞްލާޙު ކުރުމަށް ކުރެވިދާނެ ބައެއް ކަންކަން:
📖 – ކޮންމެ ދުވަހަކު މަދުވެގެން 20 މިނެޓު ޤުރުއާން ކިޔަވާލުން
📝 – މަދު ވެގެން ހަފްތާއަކު އެއް ދުވަހު ޢިލްމު އުނގެނޭ މަޖިލީހަކަށް ޙާޟިރުވުން
🤲 – ގިނަގިނައިން އަންނަނިވި ދުޢާތައް ކުރުން:
« يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ »
💗 މާނައީ: “ އޭ ހިތްތައް ފުރޮޅުއްވާ އިލާހު! މިއަޅާގެ ހިތް އިބަ އިލާހުގެ ދީން މަތީގައި ޘާބިތުކޮށްދެއްވާނދޭވެ!
« اللّٰهُمَّ أَصْلِحْ قَلْبِي وَعَمَلِي »
💖 މާނައީ: “ ޔާ الله! މިއަޅާގެ ހިތާއި މިއަޅާގެ ޢަމަލު އިޞްލާޙުކޮށް ދެއްވާނދޭވެ! “

މި ލިޔުމަކީ ”ފިއު މިނިޓްސް“ ޓެލެގްރާމްގެ ލިޔުމެއް އަސްލަކަށް ބަލަިގެން ލިޔެފައިވާ ލިޔުމުކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.