
އާއިލާއަށް ހަބަރެއްނުވެ ގެއްލިގެން މީހަކު ހޯދަނީ
އާއިލާއަށް ހަބަރެއްނުވެ ގެއްލިގެން މީހަކު ހޯދަންފަށައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ދާދި ދެންމެ އެކްސްގައި ހާމަކޮށްފައިވާ ގޮތުގައި، ގެއްލިގެން ހޯދަމުންދަނީ މަސީޙް ޢަބްދުލްޙަކީމް (41 އ) ދޫޑިގަމް، ފަސީހްއާބާދު/ ޏ.ފުވައްމުލައް ކަމަށެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ މަސީޙް ޢަބްދުލްޙަކީމް މިހާރު ދިރިއުޅެމުންދަނީ ހުޅުމާލެ ފޭސް 2 ގެ އެމްޕީއެލް ޓަވަރުގައި ކަމަށާއި، އޭނާގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ މިމަހު 20 ވަނަ ދުވަހު ކަމަށެވެ.
މަސީޙް ދެއްލިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ 25 އޮގަސްޓްގައެވެ. ރިޕޯޓު ކުރުމުން މަސީހް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށާއި އަދި މިކަމުގައި އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދިފައިވެއެވެ.
މަސީޙްއާއިބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަމްބަރ 3322111 ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9393351 އަށް ގުޅުއްވައި މަޢުލޫމާތު ހިއްސާ ކުރެއްވުމަށް ފުލުހުން އެދިލައްވައެވެ.