
ހުޅުމާލޭ ވޯޓާތީމް ޕާކު ސަރަހައްދުން މަރުވެފައިއޮތް މީހަކު ފެނިއްޖެ
ހުޅުމާލޭ ފޭސް 1 ގައި ވޯޓާ ތީމް ޕާކްއެއް ހެދުމަށް ދޫކޮށްފައިއޮތް ސަރަހައްދުން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ އެވެ.
މަރުވެފައިއޮތް މީހެއްގެ ހަށިގަނޑު ފެނުނުކަން ކަށަވަރު ކޮށްދެމުން ފުލުހުން ބުނެފައިވަނީ، އެސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާ ކަމަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މަރުވެފައިއޮއްވާ ފެނުނުމީހާގެ ހަށިގަނޑު އޮތީ ބެލެވޭގޮތުގައި ގިނައިރުވެ ވަރަށްބޮޑަށް ކުނިވެފައެވެ.
އެމީހާއާއިބެހޭ އިތުރު މަޢުލޫމާތެއް ފުލުހުން އަދިހާމަކޮށްފައެއް ނުވެއެވެ. އެއީ ދިވެއްސެއް ކަމެއް ނުވަތަ ބިދޭސީއެއް ކަމެއްވެސް ހާމަކޮށްފައި ނުވެ އެވެ.



