ބަނގުރާ ކޭސްތަކެއް އުފުލި މީހަކު ހައްޔަރުކޮށްފި

ަނގުރާ ކޭސްތަކެއް އުފުލަނިކޮށް ހުޅުމާލެ ފޭސް 1 އިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މިއަދު ހެނދުނު ހުޅުމާލެ ފޭސް 1 ގެ ފުލުހުން ރަށުތެރެ ޕެޓްރޯލް ކުރަމުންދިޔައިރު ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ޕިކަޕަކަށް ހުއްޓުމަށް އަންގައި އަތުން އިޝާރާތް ކުރުމުންވެސް ދުވެލި މަޑުނުކޮށް ދިއުމުން ބަރުގޮނު އަޅައިގެން މަޑުކުރުމަށް އެންގުނެވެ. ނަމަވެސް ބަރުގޮނު އެޅުމުންވެސް ދުވެލި މަޑުނުކޮށް ދިއުމުން އެޕިކަޕި ފަހަތުންގޮސް ހުއްޓުވައި، ޕިކަޕް ދުއްވަންއިން މީހާ ފުލުހުންގެ ބެލުމުގެދަށަށް ގެނައީކަމަށް މަޢުލޫމާތު ދީފައިވެ އެވެ.
އަދި ޕިކަޕް ބަލާ ފާސްކުރިއިރު އޭގެން 144 ދަޅު ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މިމައްސަލައާއި ގުޅިގެން ބަނގުރާ ގެންގުޅެ ބޭނުންކޮށް އަދި އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކޮށް، ޕިކަޕް ދުއްވަންއިން ފަސަލް ރަޙްމާން މަޓުމަލް، އިންޑިއާ (28 އ) ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ހައްޔަރު ކޮށްފަ އެވެ.
މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްއިން މިހާރު ދަނީ ތަޙުގީގު ކުރަމުންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.