އޭސީ އައުޓްޑޯ ޔުނިޓެއްގައި ރޯވެ ގެއްލުންތަކެއް ވެއްޖެ

މާފަންނު ގެއެއްގެ އެޕާޓްމަންޓެއްގެ އޭސީ އައުޓްޑޯ ޔުނިޓެއްގައި ރޯވި އަލިފާންގަނޑު އެޕާޓްމަންޓަށް ފެތުރި، ގެއްލުންތަކެއް ވެއްޖެ އެވެ.

މޯލްޑިވްސް ޑިފެންސް ފޯސް އިން ބުނެފައިވަނީ، މ. އަފްޒާގޭގެ 6 ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގައި ރޯވި ޚަބަރު ލިބިފައިވަނީ ހެނދުނު 7:43 ގައި ކަމަށާއި، ހަބަރު ލިބުމުން އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިއު ސާވިސްގެ ފަޔަރ ފައިޓަރުން އެސަރަހައްދަށް ގޮސް އަލިފާން ނިއްވުމަށް ވަގުތުން ހަރަކާތްތެރި ވެފައިވާ ކަމަށާއި، ރޯވި އަލިފާން އެއްކޮށް ނިއްވާލާފައިވަނީ 7:59 ހާއިރު ކަމަށެވެ.
އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިއު ސާވިސްއިން އިތުރަށް ބުނެފައިވަނީ އަލިފާން ރޯވެފައިވަނީ އެޕާޓްމަންޓްގެ ބެލްކަނީގައި ހަރުކޮށްފައިހުރި އޭ.ސީ އައުޓްޑޯ ޔުނިޓެއްގައި ކަމަށާއި، ރޯވި އަލިފާންގަނޑު އެޕާޓްމަންޓްއަށް ފެތުރުނީ ކަމަށެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާކަމަށް އެމް.އެން.ޑީ.އެފް އިން ވަނީ ހާމަކޮށްފަ އެވެ. އެހެންނަމަވެސް އަލިފާންގަނޑު އެތެރެއަށް ފެތުރުމުން އެޕާޓްމަންޓަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް އެފަރާތުން ހާމަކޮށްފައިވެ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.