
މިއީ ޕާރލް،ދުނިޔޭގެ އެންމެ މުސްކުޅި ކުކުޅު!!!
އާންމު ގޮތެއްގައި ދަނޑުތަކުގައާއި ގޭގޭގައި ގެންގުޅޭ ކުކުޅުގެ އުމުރަކީ 3 އަހަރާއި 10 އަހަރާއި ދެމެދެވެ. ނަމަވެސް ޕާރލް ގެ އުމުރު 14 އަހަރަށް އަރައި އެންމެ މުސްކުޅި ކުކުޅުގެ ގޮތުގައި ދުނިޔޭގެ ރެކޯޑުފޮތަށް މިވަނީ އަރާފައެވެ.
އެމެރިކާގެ ތެކްސަސްގައި ދިރިއުޅޭ ސޯނިޔާ ހަލް އޭނާ ދިރިއުޅޭ ކުޑަކުޑަ ގޭގައި އިންކިއުބޭޓަރެއްގައި ބިސް ފީކޮށް ޕާރލް ވިއްސާފައިވަނީ 13 މާރޗް 2011 ގައެވެ. އަދި މިހާރު ޕާރލްގެ އުމުރުން 14 އަހަރާއި 69 ދުވަސްވެ ރެކޯޑުފޮތަށް އަރާފައިވާއިރު ޕާރލްއަކީ އޭނާ ފީކުރި ބިސްތަކުގެ ތެރެއިން އެންމެ ލަހުން ފީވި އަދި އެންމެ ނިކަމެތިކޮށް ހުރި ފިޔޮއް ކަމަށް ސޯނިޔާ ބުނެއެވެ.
އުމުރުގެ މިހާތަނަށް އައިއިތު ޕާރލްގެ އެއްފައި ބިނދި އާރތްރައިޓިސް އަދި ޖަނަވާރަށް ޖެހޭ ފާނަބަސަންދު ފަދަ ބަލިތައް ވެސް ޕާރލްއަށް ވަނީ ޖެހިފައެވެ.
ސޯނިޔާ ބުނިގޮތުގައި އޭނާ ޕާރލް ގެންގުޅުނީ އެހެން ކުކުޅުތަކާއި ވަކިން އޭނާ ދިރިއުޅޭ ގޭގައެވެ. އަދި ގިނަ ވަގުތު ޕާރލް ހޭދަކުރަނީ އެގޭގެ ލޯންޑްރީ ރޫމް ތެރޭގައި ހުންނަ މޮޕްއާއި ތުވާލިތަކުގެ ތެރޭގައެވެ. ގޭގައި ދެން ގެންގުޅޭ 2 ބުޅަލާއި ވެސް ޕާރލް ގުޅުން ރަނގަޅު ކަމަށާއި އެއެއްޗެއްސާއެކު ބައެއް ފަހަރު ބޭރަށް ވިނަގަނޑުގެ ތެރެއަށް ނިކުމެ ވަގުތު ހޭދަކުރެއެވެ. ނަމަވެސް އަވީގައި ޕާރލްއަށް މާގިނައިރު ނުހުރެވޭ ކަމަށް ސޯނިޔާ ބުނެއެވެ.