ފުލުހުންގެ ބަންދުގައި ހުއްޓާ މަރުވިމީހާގެ އޯޓޮޕްސީ ހަދަން ނިންމައިފި

ފުލުހުންގެ ބަންދުގައި ހުއްޓާ މަރުވި މީހާގެ އޮޓޮޕްސީ ހަދަން ނިންމައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ބަންދެއްގައި ހުއްޓާ މަރުވެފައިވަނީ ގ. ޒާމިއާ/ އަޙްމަދު އަފްރާޙް (48އ) އެވެ. އޭނާ ބަންދުކޮށްފައިވަނީ މަސްތުވާ ތަކެތީގެ މައްސަލައެއްގައި ފާއިތުވި ހުކުރު ދުވަހުއެވެ. އަދި އޭނާގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ކޯޓުން އިއްޔެ ޖަހާދިނުމުން އަތޮޅުވެހީގެ 07 ނަމްބަރު ގޮޅީގައި ބަންދުކުރެވުނެވެ.
ފުލުހުން ހާމަކޮށްފައިވަނީ އާދިއްތަ ދުވަހުގެރޭ ފަތިހު 05:50 އެހައިކަންހާއިރު ބެލިއިރު އަފްރާހުގެ ހަރަކާތް ހުއްޓިފައިވާކަމަށް ފާހަގަ ކުރެވުމާ ގުޅިގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނެފައިވަނީ ހޮސްޕިޓަލްއަށް ގެންދިޔައިރުވެސް އޭނާ މަރުވެފައިވާ ކަމަށެވެ.
އަފްރާޙްގެ ހަށިގަނޑު އޯޓޮޕްސީ ހެދުމަށް އިންޑިއާއަށް ފޮނުވުމަށް ނިންމާފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް ފޮނުވާނެ ވަކި ތާރީހެއް ހާމަކޮށްފައެއް ނުވެއެވެ. އަދި މިހާދިސާގެ މައުލޫމާތު ހިއުމަށް ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މިހާރު ހިއްސާކޮށްފައިވާ ކަމަށާއި މިމައްސަލަ މޭޖަރ ކްރައިމް އިންވެސްޓިގޭޝަންއިން ތަހުގީގު ކުރަމުންދާ ކަމަށް ވެސް ހާމަކޮށްފައިވެއެވެ.
ކުށުގެ ރެކޯޑު ވެސް އޮންނަ އަފްރާހް ބަންދުކޮށްފައިވަނީ މަސްތުވާތަކެއްޗަށް ދެވިހިފައިވާތީ އަވަހަށް ފަރުވާ ދޭން ޖެހޭ މީހަކަށް ވާތީ އެވެ. އަދި އޭނާ ހައްޔަރުކުރި ދުވަހު ކުޑަކަމުދާ ތަކެތި ޓެސްޓު ކުރި ކަމަށާއި އެކި ބާވަތުގެ މަސްތުވާތަކެއްޗަށް ޕޮސިޓިވް ވެފައިވާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.