އެޗް.އާރް.ސީ.އެމް ގެ މެމްބަރު ކަމަށް ޝަފީގު އައްޔަނުކުރަން ފާސްކޮށްފި

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް މުހައްމަދު ޝަފީގު މަމްދޫހު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މިއަދުގެ ޖަލްސާގައި އެޗްއާރްސީއެމް ގެ މެމްބަރު ކަމަށް އައްޔަނު ކުރުމަށް ރައީސް މުހައްމަދު މުއިއްޒު ފޮނުއްވި ނަންތަކުގެ ތެރެއިން މުހައްމަދު ޝަފީގު މަހްމޫދު މ. ޕޮޕީ ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވި 64 މެމްބަރުންގެ އިއްތިފާޤުންނެވެ.
އެޗްއާރްސީއެމްގެ މެމްބަރުކަމަށް ރައީސް މުއިއްޒު ފޮނުވާފައިވަނީ 2 ނަމެވެ. އެއީ ޝަފީގުގެ އިތުރުން މުޙައްމަދު ފާރިސް ތޯހާ/ ހ. ސޯސަން ގެ ނަމެވެ. މިދެބޭފުޅުންގެ ތެރެއިން ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން ކުރި އިންޓަވިއުއަށް ފަހު ޝަފީގްއަށް ލިބިފައިވަނީ 83 މާކްސްއެވެ. އަދި ފާރިސްއަށް ލިބިފައިވަނީ 53 މާކްސްއެވެ. މަޖިލީހުގެ ޤަވާއިދު ބުނާގޮތުން 75 މާކްސްއަށްވުރެ ދަށުން ލިބޭ މީހުންގެ ނަމަށް ތަޅުމުގައި ވޯޓަށް ނާހާނެއެވެ.
ޝަފީގަކީ މީގެކުރިން ލޯކަލް ގަވަމަންޓް އޮތޯރިޓީ އެލްޖީއޭގެ ސީއީއޯކަމާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ ކަމާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ)ގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި ބޭފުޅެކެވެ. ނަމަވެސް އޭނާއަކީ އިންސާނީ ހައްޤުތަކާއިބެހޭ ދާއިރާއަކުން ތަޢުލީމް ހާސިލް ކުރައްވާފައިވާ ބޭފުޅެއް ނޫނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.