ކައްދޫ އެކްސިޑެންޓާއި ގުޅިގެން މީހަކު ހައްޔަރު ކޮށްފި

ލ. ކައްދޫގައި ދާދި ފަހު ހިނގި އެކްސިޑެންޓާއި ގުޅިގެން ތަހުގީގަށް މީހަކު ހައްޔަރު ކޮށްފި އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއެކްސިޑެންޓާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ ސައިކަލު ދުއްވަންއިން މީހާ އެވެ. ފުލުހުން ހާމަކޮށްފައިވާ ވަނަވަރުގައިވާ ގޮތުން ހައްޔަރު ކޮށްފައިވަނީ އުމުރުން 37 އަހަރުގެ ލ. ފޮނަދޫ ހޯރަވިލާ/ މުޙައްމަދު ނައުޝާން އެވެ.
ލ. ފޮނަދޫއިން ގަމަށް ދާން ދަތުރުކުރި ސައިކަލެއް ކައްދޫ އެއާޕޯޓަށް ދާން ކަފިހި ހުރަހުން ހުރަސްކުރި 2 މީހެއްގެ ގައިގައި ޖެހި ރޭ 7:30 ހާއިރު ހިނގި އެކްސިޑެންޓުގައި ސައިކަލު ދުއްވަންއިން މީހާއަށާއި އޭނާގެ ފަހަތުގައި އިން މީހާގެ އިތުރުން މަގު ހުރަސްކުރި އުމުރުން 64 އަހަރުގެ އަންހެނަކާއި އޭނާގެ މާމަ ދަރިފުޅަށް ވަނީ އަނިޔާވެފަ އެވެ. އަދި މިއެކްސިޑެންޓްގައި އަނިޔާވި އެކަކު ވަނީ ނިޔާވެފަ އެވެ. ލ. މާވަށު  އެތުމާ މަރިޔަމް މޫސާ 64 ނިޔާވީ އެ ހާދިސާގައި ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް ރޭގެ ވަގުތެއްގަ އެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މިމައްސަލައިގެ ތަހުގީގަށް މުޙައްމަދު ނައުޝާން ހައްޔަރުކޮށް އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހައިދީފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.