ސުވަރުގޭގައި މާތް ﷲ ގެ މޫނުފުޅު ފެންނާނީ ހަމައެކަނި މަތީ ދަރަޖަތަކުގައިވާ މުއުމިނުންނަށްތޯ؟

މާތް ﷲ ގެ ވަޖްހުފުޅު (މޫނުފުޅު) ފެނުން ހުރިހާ މުއުމިނުންނަށް ޘާބިތުވެގެންވެއެވެ. އެއީ އެބައިމީހުންގެ ތެރެއިންވާ ފާފަވެރީންނާއި ކިޔަމަންތެރީންނާއި ނަރަކައިގެ ވަގުތީ ޢަޛާބު ލިބޭ މީހުންނާއި ޢަޛާބު ނުލިބޭ މީހުންވެސް ހިމެނޭ ގޮތުންނެވެ. އެއީ އެކަމަށް ކީރިތި ޤުރްއާނުގައި އަދި ސުންނަތުގައި އައިސްފައިވާ ޢާންމު ދަލީލުތަކުގެ ސަބަބުންނެވެ.
ކީރިތި ޤުރްއާނުގެ ދަލީލު
(وُجُوهٌ يَوْمَئِذٍ نَاضِرَةٌ إِلَى رَبِّهَا نَاظِرَةٌ وَوُجُوهٌ يَوْمَئِذٍ بَاسِرَةٌ تَظُنُّ أَنْ يُفْعَلَ بِهَا فَاقِرَةٌ) القيامة/22-25 .
އެދުވަހުން މޫނުތަކެއް ރީތިވެ އަލިވެގެންވެއެވެ. އެ މޫނުތަކުގެ ވެރިރައްބަށް ބަލަބަލައި ތިބެއެވެ. އަދި އެދުވަހުން މޫނުތަކެއް ހުތުރުވެ މޮޅިވެގެންވެއެވެ. މައިކަށީގެ ބަދަތައް ބިނދޭވަރުގެކަމެއް ކުރެވޭނެކަމަށް (އެ މޫނުތަކުގެ ވެރިން) ހީކުރެތެވެ.
ރީތިވެ އަލިވެގެންވާ މޫނުތަކަކީ މުއުމިނުންގެ މޫނުތަކެވެ. އަދި ހުތުރުވެ މޮޅިވެގެންވާ މޫނުތަކަކީ ކާފިރުންގެ މޫނުތަކެވެ. ކާފިރުންނާ ބެހޭގޮތުން މާތް ﷲ ވަޙީކުރެއްވިއެވެ.
( كَلَّا إِنَّهُمْ عَنْ رَبِّهِمْ يَوْمَئِذٍ لَمَحْجُوبُونَ) المطففين/15 .
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުން އެދުވަހު އެއުރެން ފަރުދާ ކުރެވިގެންވާނޭކަން ކަށަވަރެވެ.
ސުންނަތުގެ ދަލީލަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މި ޙަދީޘްފުޅެވެ. ( إِنَّكُمْ سَتَرَوْنَ رَبَّكُمْ كَمَا تَرَوْنَ هَذَا الْقَمَرَ لَا تُضَامُّونَ فِي رُؤْيَتِهِ ْ ) رواه البخاري (521) ومسلم (1002) .“ހަމަކަށަވަރުން ތިޔަބައިމީހުންނަށް މި ހަނދު (ސާދަވިލޭރޭގެ ފުރިހަމަ ހަނދު) ދެކޭ ފަދައިން ތިޔަބައިމީހުން ތިޔަބައިމީހުންގެ ރައްބު (ޤިޔާމަތްދުވަހު) ދެކޭނެއެވެ. އެއިލާހު ތިޔަބައިމީހުންނަށް ފެންނާނެކަމާމެދު އެއްވެސް ޝައްކެއް ވަސްވާހެއް އެއިލާހަށް ބެލުމުގައި އެއްވެސް ދަތިކަމެއް ތިޔަބައިމީހުންނަށް ކުރިމަތިނުވާނެއެވެ.”
މިއީ ހުރިހާ މުއުމިނުންނަށް މުޚާޠަބުވެގެންވާ ބަސްފުޅުތަކެކެވެ.
ޝައިޚް މުޙައްމަދު ބިން ޞާލިޙު އަލް ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވިއެވެ. “ޤިޔާމަތްދުވަހު މީސްތަކުން ތިންބަޔަކަށް ބެހިގެންވެއެވެ. އެއީ ޚާލިޞް ކާފިރުންނާއި ޚާލިޞް މުއުމިނުންނާއި މުނާފިޤުންނެވެ.
ކާފިރުން ދަންނައެވެ. ފަހެ އެބައިމީހުންނަށް ދުވަހަކުވެސް މާތް ﷲ ތަޢާލާ ނުފެންނާނެއެވެ. ދަލީލަކީ މި ވަޙީ ބަސްފުޅެވެ. ( كَلَّا إِنَّهُمْ عَنْ رَبِّهِمْ يَوْمَئِذٍ لَمَحْجُوبُونَ) المطففين/15
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުން އެދުވަހު އެއުރެން ފަރުދާ ކުރެވިގެންވާނޭކަން ކަށަވަރެވެ.
މުއުމިނުން ދަންނައެވެ. ފަހެ އެބައިމީހުންނަށް މާތް ﷲ ފެންނާނެއެވެ. ދަލީލަކީ މި ބަސްފުޅެވެ. (وُجُوهٌ يَوْمَئِذٍ نَاضِرَةٌ إِلَى رَبِّهَا نَاظِرَةٌ وَوُجُوهٌ يَوْمَئِذٍ بَاسِرَةٌ تَظُنُّ أَنْ يُفْعَلَ بِهَا فَاقِرَةٌ) القيامة/22-25 . “އެދުވަހުން މޫނުތަކެއް ރީތިވެ އަލިވެގެންވެއެވެ. އެ މޫނުތަކުގެ ވެރިރައްބަށް ބަލަބަލައި ތިބެއެވެ. އަދި އެދުވަހުން މޫނުތަކެއް ހުތުރުވެ މޮޅިވެގެންވެއެވެ. މައިކަށީގެ ބަދަތައް ބިނދޭވަރުގެކަމެއް ކުރެވޭނެކަމަށް (އެ މޫނުތަކުގެ ވެރިން) ހީކުރެތެވެ.”
މުނާފިޤުން ދަންނައެވެ. ފަހެ އެބައިމީހުންނަށް ޤިޔާމަތްދުވަހުގެ ކަންކަމުގެ ތެރޭގައި މާތްﷲ ފެންނާނެއެވެ. އެކަމަކު އޭގެ ފަހުން ނުފެންނާނެއެވެ. މިކަން ވެގެންވާނީ އެބައިމީހުންނަށްވާ ބޮޑު ހިތާމައަކާއި ހިތްދަތިކަމަކަށެވެ. މާތް ﷲ ފެނުމުގެ ލައްޛަތު ކުޑަ ހިނދުކޮޅަކަށް ލިބުމަށްފަހު އެ ފުރުޞަތު ގެއްލިދިޔުމެވެ. އެކަމުގެ މައްޗަށް ހިތާމަކުރާ ޙާލުގައިވާން ޖެހުމެވެ. އޭގެފަހުގައި އެބައިމީހުންނަށް ދުވަހަކުވެސް މާތް ﷲ ނުފެންނާނެއެވެ.”
ޚުލާޞާ: ޤިޔާމަތް ދުވަހުގައި އަދި ސުވަރުގެއަށް ވަނުމަށްފަހުގައިވެސް ހުރިހާ މުއުމިނުންނަށްވެސް މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ ފެންނާނެއެވެ.إن شاءالله

މިލިޔުމަކީ އައްޝައިޚް މުޙައްމަދު ޝާފިޢު އޭނާގެ ބްލޮގްގައި ލިޔުއްވާފައިވާ ލިޔުމެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.