ވެލިދޫ އިސްރަށްވެހިން ސްކޭމްގެ މައްސަލަތަކުން ރައްކާތެރިކުރުވުމަށް މަޢުލޫމާތުދީފި

ނ. ވެލިދޫ އިސްރަށްވެހިން ސްކޭމްގެ މައްސަލަތަކުން ރައްކާތެރިކުރުވުމަށް މަޢުލޫމާތު ދިނުމުގެ ޙަރަކާތެއް ވެލިދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފި އެވެ.

އޮގަސްޓު 11 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޙަރަކާތަކީ ވެލިދޫ ކައުންސިލުން ކުރިއަށް ގެންދިޔަ އިސްރަށްވެހިންގެ ހަވީރުގައި ޕޮލިސް ސްޓޭޝަނުން ބައިވެރިވެ ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެގޮތުން، ޢާންމު ވަމުންއަންނަ ސްކޭމް މައްސަލަތަކާއި އެފަދަ ސްކޭމްތަކުން ރައްކާތެރިވާނެ ގޮތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެ އެވެ. އަދި އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދާ މީހުންގެ ޢަމަލުތައް ހުންނަ ގޮތްތައް ކިޔައިދީ އެފަދަ މައްސަލަތަކުން ރައްކާތެރިވާނެ ގޮތްތައް ކިޔައިދީފައިވެ އެވެ.

އޭގެ އިތުރުން، ޢުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ސްކޭމްތައް ހިންގަމުންދާތީ އެފަދަ ކަންކަމަށް ސަމާލުވެ ރައްކާތެރިވެތިބުމަށާއި ބެންކު އެކައުންޓުގެ މަޢުލޫމާތާއި އޯޓީޕީ ކޯޑު ޙިއްސާނުކުރުމަށް ނަސޭހަތްތެރިވެފައިވެ އެވެ. މި ޙަރަކާތުގައި ވެލިދޫގެ ގިނަ އިސްރަށްވެހިން ބައިވެރިވެފައިވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.