
ޑިސެމްބަރު މަހަށް ދިރާސީ އަހަރުގެ ޗުއްޓީ ބަދަލުކޮށް ކަލަންޑަރު ނެެރެފި
ޑިސެމްބަރު މަހަށް ސްކޫލު އަހަރީ ޗުއްޓީ ބަދަލުކޮށް ދެހާސް ސައްބީސް ވަނަ އަހަރުގެ ދިރާސީ ކަލަންޑަރު ނެރެފި އެވެ.
އެގޮތުން އެޑިޔުކޭޝަން މިނިސްޓްރީން ހޯމަ ދުވަހު ނެރުނު ޓެންޓެޓިވް (ވަގުތީ) އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން 2026 ވަނަ އަހަރުގެ ކިޔެވުން ފެށޭނީ އަންނަ ޖެނުއަރީ 27ގަ އެވެ. އެ ޓާރމުގެ މިޑް ބްރޭކް އޮތީ މެއި މަހުގެ 24 އިން 30 އަށެވެ. އަދި ފުރަތަމަ ޓާމު ނިމި ޗުއްޓީ ލިބޭނީ ޖުލައި 17 އިން އޮގަސްޓް 1 އަށެވެ.
އަދި ދެވަނަ ޓާރމްގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 2 ވަަނަ ދުވަހުއެވެ. ދެވަނަ ޓާރމުގެ މިޑް ބްރޭކް ލިބޭނީ ސެޕްޓެމްބަރު 13 އިން 19 އަށެވެ. ބޮޑު ޗުއްޓީ ލިބެނީ ޑިސެމްބަރު 18 އިން ޖެނުއަރީ 12 އަށެވެ.
ރައީސް ޑރ. މުހަައްމަދު މުއީޒު ރިޔާސީ ކެމްޕެއިން ތެެރޭގައި ރައްޔިތުންނަށް ވެ ވަޑައިގެންނެވި އެއް ވަޢުދަކީ ކުރިއެކޭ އެކޭ އެއްގޮތަށް ކޮންމެ އަހަރެއްގެ ސްކޫލުގެ ބޮޑު ޗުއްޓީ ބަދަލުކުރުމެވެ.
މިހާރު އަމަލު ކުރަމުން މި ގެންދާ އުސޫލަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2021 ވަނަ އަހަރު ގެނެސްފައިވާ ބަދަލެކެވެ.
މިގޮތަށް ބަދަލު ގެނައުމުގެ ބޭނުމެއް ކަމަށް އެދުވަސްވަރު ބުނެފައިވަނީ ރިސޯޓް މުވައްޒަފުންނަށް ލޯ ސީޒަންގައި އާއިލާ އާއި އެކު ވަގުތު ހޭދަ ކުރުމަށް ފުރުސަތު ދިނުމެވެ.