އީ.ޕީ.އޭގެ ނަން ބަދަލުކޮށް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީ.ޕީ.އޭ) ގެ ނަން ބަދަލުކޮށް، ސީދާ އެންވަޔަރަމަންޓް މިނިސްތްރީގެ ދަށުން ހިންގާގޮތަށް ބަދަލުކޮށްފި އެވެ.
އީ.ޕީ.އޭ އުވާލީ ކަމަށް ބައެއް މީޑީއާތަކުގައި ފެތުރެމުންދާ ޚަބަރުތައް ދޮގުކޮށް އެންވަޔަރަމަންތް މިނިސްޓްރީއިން މިއަދު ބުނެފައިވަނި އީޕީއޭއާއި ބެހޭގޮތުން މީޑިއާގައި ފެތުރެމުންދަނީ ރަނގަޅު މައުލޫމާތެއް ނޫން ކަމަށާއި، އީޕީއޭ އުވާލަނީ ނޫން ކަމަށެވެ. އަދި އީޕީއޭގެ ނަން ބަދަލުކޮށް، އިދާރީ ހިންގުމުގެ ގަވާއިދުތަކަށް ބައެއް ބަދަލު ގެންނަން ނިންމެވީ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެ އެވެ.
ޤާނޫނުއަސާސީގެ 116 ވަނަ މާއްދާ އިން ރައީސުލް ޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުގެ ދަށުން ހިނގަމުންދާ ”އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ“ ގެ ނަން، ”އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ“ އަށް މިއަދު ބަދަލުކުރައްވައި، މި ބަދަލު ގެންނަވާފައިވާކަން މިއަދު އިއުލާން ކުރައްވާފައިވަނީ، ނަންބަރު 2025/14 ދެންނެވުމުންނެވެ.
އެ ބަދަލާއެކު، މިހާތަނަށް ގަވަނިން ބޯޑެއްގެ ލަފާގެ ދަށުން ހިންގި އިދާރާއެއްގެ ގޮތުގައި އެ އިދާރާ އޮތް ހައިސިއްޔަތު ބަދަލުވެ، އެއީ ސީދާ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ވަނީ ހަމަޖައްސަވާފަ އެވެ.
އީ.ޕީ.އޭ އުވާލަނީ ކަމަށް ފެތުރުނު ޚަބަރުތަކާއެކު ސިޔާސީ ބައެއް ފަރާތްތަކުން ވަނީ އެކަމަށް ފާޑުކިޔާފައެވެ. އެގޮތުން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އުވާލުމަކީ ލަދުވެތިކަމެއް ކަމަށާއި، މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖެއިން ކުރަމުން އައި މަސައްކަތްތަކަށް ބަލާއިރު، އީޕީއޭ އުވާލުމަކީ ރާއްޖޭގެ މިހާތަނަށް ގެންގުޅެފައިވާ ސިޔާސަތުތަކާ ފުށުއަރާ ކަމެއް ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ވިދާޅުވެފަ އެވެ.
މިޚަބަރުތައް ފެތުރެން ފެށުމުން އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ބުނީ އީޕީއޭއާ ބެހޭގޮތުން މީޑިއާގައި މިހާރު ދައުރު ވަނީ ރަނގަޅު މައުލޫމާތެއް ނޫން ކަމަށެވެ. އަދި އީޕީއޭ އުވާލަނީ ނޫން ކަމަށާއި، އީޕީއޭގެ ނަން ބަދަލުކޮށް، އިދާރީ ހިންގުމުގެ ގަވާއިދުތަކަށް ބައެއް ބަދަލު ގެންނަން ނިންމެވީ ކަމަށް މިނިސްޓްރީން

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.