ބަނޑުހައިހޫނުކަމުގައި އިތުރު 5 މީހުން ޝަހީދުވެއްޖެ

އިޒްރާއީލުން ޣައްޒާއަށް މެދުނުކެނޑި ހަމަލާދެމުންދާއިރު ކާބޯތަކެތި ނުލިބި ބަނޑުހައިހޫނު ކަމުގައި އިތުރު 5 މީހުން މިއަދު ޝަހީދުވެއްޖެ އެވެ.
އިޒްރާއީލްގެ ޢުދުވާނީ ޓެރަރިސްޓް ހަމަލާތަކަށް ހުއްޓުމެއް އައިސްފައިނުވާއިރު، އެހީގެ ގޮތުގައި އެކި ޤައުމުތަކުން ފޮނުވާފައިވާ ކާބޯތަކެއްޗާއި ބޭސްފަރުވާ ޣައްޒާއަށް އެތެރެކުރުމަށް އެގައުމުން ވަނީ ހުރަސްއަޅާފައެވެ. މިކަމުގެ ސަބަބުން ކޮންމެދުވަހަކު އެތައް ބަޔަކު ދަނީ ޝަހީދުވަމުނެނެވެ.
ފަލަސްތީނުގެ ސިއްޙީ ވުޒާރާއިން ނެރެފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އިޒްރާއީލުން ދެމުންދާ ޙަމަލާތަކުގެ އިތުރުން ބަނޑުހައިހޫނު ކަމުގައި މިހާތަނަށް 227 މީހުން ވަނީ ޝަހީދުވެފަ އެވެ. މީގެތެރޭގައި 103 ކުޑަކުދިން ހިމެނެ އެވެ.
ބަނޑުހައިހޫނުކަމުގައި 5 މީހުން ޝަހީދުވެފައިވާއިރު އިޒްރާއީލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް އިތުރު 61،499 މީހުން ޝަހީދުވެ 153،575 މީހުން ޒަޚަމްވެފައިވެ އެވެ. އަދި ދާދިފަހުން ދިން ޙަމަލާތަކުގައި އަލްޖަޒީރާގެ 5 ނޫސްވެރިންވެސް ހިމެނެ އެވެ.
ދުނިޔޭގެ އެކި ޤައުމުތަކާއި ބައިނަލްއަޤްވާމީ ވުޒާރާތަކުން އިޒްރާއީލް ކުއްވެރިކޮށް، ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް އަންގަމުންދިޔަ ނަމަވެސް އެމެރިކާގެ ފުރިހަމަ އެއްބާރުލުމާއެކު އެޤައުމުން ދަނީ ދެމުންދާ ޓެރަރިސްޓް ހަމަލާތައް ހުއްޓުމެއްނެތި ކުރިއަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.