އެސް އޯ މޯލްޑިވްސްގެ ދެވަނަ އެތުލެޓިކްސް ކޮމްޕެޓިޝަން މި މަހު 22 ގައި

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ ދެވަނަ އެތުލެޓިކްސް ކޮމްޕެޓިޝަން މި މަހު 22 އިން 24 އަށް ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ދެ ޢުމުރުފުރާއަކަށް ބަހާލައިގެން ބާއްވާ މި މުބާރާތުގައި ބައިވެރިވެވޭނީ 1 އޯގަސްޓް 2025 ގެ ކުރިން އެ އެސޯސިއޭޝަންގައި ރަޖިސްޓްރީ ވެފައިވާ އެތުލީޓުންނަށެވެ. ނަމަވެސް ޝާމިލްކުރަނިވި މުޖްތަމަޢުއެއް ޤާއިމުކުރުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުން މިފަހަރުގެ މުބާރާތުގައި އިތުރު ސްޕޯޓްސް އެކަޑަމީތަކާއި ކުލަބުތަކަށްވެސް ވަނީ ދަޢުވަތުދީފަ ކަމަށް އެ މުއައްސަސާއިން ހާމަކުރެ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

011

މި މުބާރާތުގައި ބައިވެރު ވުމަށް ފޯމު 14 އޯގަސްޓް 2025 ގެ ކުރިން ފޯމު ހުށަހަޅަން ޖެހެއެވެ. މި ފޯމު އެސް އޯ މޯލްޑިވްސްގެ ފޭސްބުކް. އިންސްޓަގްރާމް އަދި އެކްސް އިން ލިބޭނެ އެވެ. މި މުބާރާތުގެ އެއްވެސް ކަމަކަށް ފީއެއް ނުނަގާނެކަމަށާއި މިކަމާގުޅިގެން ލާރީގެ އެއްވެސް މުޢާމަލާތެއް ނުކުރާނެކަމަށްވެސް އެ މުއައްސަސާއިން މަޢުލޫމާތުދެ އެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި 46 ފިރިހެން އެތުލީޓުންނާއި 15 އަންހެން އެތުލީޓުން ބައިވެރިވެ ކާމިޔާބުކަމާއެކު ނިންމާލާފައެވެ.

ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަފަރާތްތަކަށް ދުޅަހެޔޮ ޞިއްޙަތެއް ހޯދައިދިނުމަށް މަސައްކަތް ކުރުމަށް ސަރުކާރުން އުފައްދާފައިވާ މި މުއައްސަސާއިން ދަނީ ރާއްޖޭގެއެކި ކަންކޮޅުތަކުގައި ތަފާތު ޙަރަކާތްތައް މެދު ނުކެނޑި ހިންގަމުންނެވެ.

މުބާރާތާބެހޭ އިތުރު މަޢުލޫމާތު ހޯއްދެއެއްވުމަށް ގުޅުއްވާނީ އެސް އޯ މޯލްޑިވްސްގެ ޓެކްނިކަލް / ސްޕޯޓްސް ޑިރެކްޓަރ އަލްފާޟިލް މޫސާ ޒަމީރު 9785862 އަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.