
ތިން ދައުރަށް ފަހު ގަލޮޅު އުތުރު ގޮނޑި އީވާއަށް ގެއްލިއްޖެ!
ވޭތުވެ ދިޔަ 3 ދައުރުގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރުކަން ކުރެއްވި ޢީވާ ޢަބްދު ﷲ އަށް އެ ގޮނޑި ގެއްލިއްޖެ އެވެ.
މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
އީވާ ވަނީ ކުޑޫއަށް މަރުޙަބާ ވިދާޅުވެ އެކްސް ގައި ޕޯސްޓެއްވެސް ކުރައްވާފައެވެ.
އީވާ ގަލޮޅު އުތުރަށް އެންމެ ފުރަތަމަ އިންތިޚާބުވީ 2009 ވަނަ އަހަރު 1،249 ވޯޓާއެކު 54 ޕަސެންޓު ވޯޓާއެކު އެވެ. ދެވަނަ ދައުރަށް އީވާ އިންތިހާބުވީ 1،183 ވޯޓާ އެކު އެވެ. ތިންވަނަ ދައުރަކަށް 2019 ގައި އޭނާ އިންތިހާބުވީ 1،387 ވޯޓާއެކު އެވެ. ކުރީގެ 3 ދައުރުގައިވެސް އީވާ މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ޓިކެޓުގައެވެ. ނަވާރަވަނަ މަޖިލީހުގެ ނައިބު ރައީސްކަން ވެސް އޭނާ ކުރެއްވި އެވެ.