
ފޮޑެންގެ ހެޓްރިކާއި އެކު މެންޗެސްޓާ ސިޓީ އަށް ފަސޭހަ މޮޅެއް
ރޭގައި ސިޓީ އާއި އެސްޓަން ވިލާ ބައްދަލު ކުރި މެޗު ފަސޭހަ ކަމާ އެކު ސިޓީ ކާމިޔާބު ކުރީ 4-1 ގެ ނަތީޖަ އަކުންނެވެ.
މެޗު ގައި ފުރަތަމަ ގޯލް ޖަހާ ލީޑު ނެގީވެސް ސިޓީ އިންނެވެ.
މި ގޯލް އެ ޓީމަށް ޖަހާ ދިނީ މެޗު ގެ 11 ވަނަ މިނެޓު ގައި ރޮޑްރީ އެވެ.
މި ގޯލް ސިޓީ އިން ޖެހިތާ މާ ގިނަ އިރެއް ނުވެ އެސްޓަން ވިލާ އިން ގޯލެއް ޖަހާ ނަތީޖާ ހަމަހަމަ ކުރި އެވެ.
މި ގޯލް އެ ޓީމަށް ޖަހާދިނީ މެޗުގެ 20 ވަނަ މިނެޓު ގައި ޑުރާން އެވެ.
ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން އަނެއްކާވެސް ސިޓީ އިން ލީޑު ނެގި އެވެ.
މި ގޯލް އެ ޓީމަށް ޖަހާދިނީ މެޗުގައި ހެޓްރިކް ހެދި ފޮޑެން އެވެ.
2 ވަނަ ހާފު ފަށައިގެން ވެސް މޮޅަށް ކުޅެމުން ދިޔައީ ސިޓީ އިންނެވެ.
މިގޮތުން 62 ވަނަ މިނެޓުގަ އާއި 69 ވަނަ މިނެޓުގައި ފޮޑެން ޖަހާދިން 2 ގޯލާއި އެކު ސިޓީ އިން މެޗު ގެ 3 ޕޮއިންޓު ކަށަވަރު ކުރި އެވެ.
މި މޮޅާއި އެކު ސިޓީ އޮތީ 67 ޕޮއިންޓާއި އެކު ތާވަލް ގެ 3 ވަނައިގަ އެވެ.
މެޗުން ބަލިވި އެސްޓަން ވިލާ އޮތީ 59 ޕޮއިންޓާއި އެކު ތާވަލްގެ 4 ވަނައިގަ އެވެ.