މާލޭ ސިޓީ ކައުންސިލްގެ ހުސްވެފައިވާ މަޤާމުތަކަށް ކުރިމަތިލެއްވި ބޭފުޅުންގެ ކެނޑިޑެންސީ ނަންބަރު ތަރުތީބު ކޮއްފި

މާލެ ސިޓީ މޭޔަރުކަމާއި މާފަންނު މެދު ދާއިރާ އަދި ހެނވޭރު ދެކުނު ދާއިރާގެ އިތުރުން މެދުހެންވޭރު ދާއިރާގެ މެންބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ކެނޑިޑެންސީ ނަންބަރު ތަރުތީބު ކޮއްފިއެވެ.

ކެނޑިޑެންސީ ނަންބަރު ނެގުމަށް ގުރުއަތުލުން އޮތީ މިކަމަށް ޚާއްޞަކޮށްގެން 16 ޑިސެންބަރު2023 ވީ ހޮނިހިރު ދުވަހު 11:00 ގައި ދަރުބާރުގޭގައި ބޭއްވި ޙަފްލާއެއްގައެވެ. ފުރަތަމަ އޮތީ މާލެގެ މޭޔަރ ކަމަށް ކުރިމަތިލެއްވި 5 ބޭފުޅުންގެ ގުރުއަތުނެގުމެވެ. މިގޮތުން މޭޔަރުކަމަށް ކުރިމަތިލައްވާފައިވާ ޝުޢައިބު އަށް ގުރުއަތުން ނެގުނީ ކެނޑިޑޭޓުނަންބަރު 1، ޙުސައިން އަށް 2، އާޒިމާ އަށް 3، އާޒިމް އަށް 4، އަދި ސައިފް އަށް 5 ކެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

މާފަންނު ދެކުނު ދާއިރާއަށް ކުރިމަތިލެއްވި 5 ފަރާތުގެ ތެރެއިން އަމިއްލަ ގޮތުން ބައިވެރިވެލެއްވި މުޙައްމަދު ރަފީޢު މ. ހޯރަވިލާ ކ.މާލެ އަށް ކެނޑިޑޭޓު ނަންބަރު 1، ޕީ އެން ސީ ގެ ފަރާތުން ބައިވެރިވެލެއްވި ކެނޑިޑޭޓު ޙަސަން ނިޘާމަށް ކެނޑިޑޭޓު ނަންބަރު 2، ދަ ޑިމޮކްރެޓްސް ގެ ފަރާތުން ބައިވެރިވިވެލެއްވި ޢަލީ އިސްޙާޤަށް ކެނޑިޑޭޓު ނަންބަރު 3، އެމް ޑީ ޕީން ކުރިމަތިލެއްވި އަޙްމަދު އިމްރާން އަށް ކެނޑިޑޭޓު ނަންބަރު 4 އަދި އަމިއްލަގޮތުން ބައިވެރިވެލެއްވި މުޙައްމަދު މައިޒަރު އާދަމް ޒާހިރު މ. ކުރޮޅި އަށް ލިބުނީ ކެނޑިޑޭޓު ނަންބަރު 5، ކެވެ.

ހެނވޭރު ދެކުނު ދާއިރާއަށް ކުރިމަތިލެއްވި 4 ފަރާތުގެ ތެރެއިން އެމްޑިޕީން ކުރިމަތިލެއްވި ޙައްވާ ނިޙްލާ އަށް ލިބުނީ ކެނޑިޑޭޓު ނަންބަރު 1، ޕީ އެން ސީ އިން ކުރިމަތި ލެއްވި ކެނޑިޑޭޓް އާމިނަތު ރިޝްފާ އަހްމަދު އަށް ކެނޑިޑޭޓު ނަންބަރު 2، އަމިއްލަގޮތުން ކުރިިމަތިލެއްވި ޢާއިޝަތު އަފްނާން ޢަލީ އަށް ކެނޑިޑޭޓު ނަންބަރު 3، އަދި ދަ ޑިމޮކްރެޓްސް އިން ކުރިމަތިލެއްވި ޢާއިޝަތު ލިނާ އަށް ލިބިލެއްވީ ކެނޑިޑޭޓު ނަންބަރު 4 އެވެ.

މެދުހެންވޭރު ދާއިރާއަށް ކުރިމަތިލެއްވި 4 ފަރާތުގެ ތެރެއިން އެމް ޑީޕީން ކުރިމަތި ލެއްވި އަޙްމަދު ރިޝްވާން ރަޝީދުއަށް ކެނޑިޑޭޓު ނަންބަރު 1، އަމިއްލަގޮތުން ކުރިމަތިލެއްވި މުޙައްމަދު ޡައިން ޙަސަން ހ. ސޭންޑީ ބީޗް މާލެ. އަށް ކެނޑިޑޭޓު ނަންބަރު 2، ޕީ އެން ސީ ގެ ފަރާތުން ކުރިމަތިލެއްވި ފާޠިމަތު ޝައުފާ ސަލީމް އަށް ކެނޑިޑޭޓު ނަންބަރު 3، އަދި އަމިއްލަ ގޮތުން ކުރިމަތި ލެއްވި ޢަބްދުﷲ ޢާޠޫފް އަށް ކެނޑިޑޭޓު ނަންބަރު 4 އެވެ.

މިޙަފްލާގައި އިލްކްޝަންސް ކޮމިޝަންގެ ނައިބު ރައީސް ޙުސައިން ޙާބީބު ވަނީ ކެނޑިޑޭޓުންނާ މުޚާޠަބުކުރައްވާފައެވެ. ޙަބީބުގެ ވާޙަކަފުޅުގައި އިންތިޚާބުގެ ކަންކަން ޤާނޫނާ ޤަވާޢިދާ ޚިލާފު ނުވާގޮތުގެމަތިން ކެމްޕެއިންގެ ކަންކަން ކުރުމަށާއި އެހެން ކެނޑިޑޭޓުންގެ ޙައްޤަކަށް އަރައިނުގަނެ އިޙްތިރާމުކުރުމާއެކު ގެންދިއުމަށްވެސް އިލްތިމާސް ކުރެއްވިއެވެ.

މާލެއަކީ ކުޑަތަނެއްކަމުން ވަރަށް ކައިރި ކައިރީގަވެސް ޖަގަހަތައް ހުރޭ، އެހެންނަމަވެސް އެއްބަޔަކު އަނެއްބަޔަކަށް އުނދަގޫނުވާނެހެން އިޙްތިރާމާއެކު ކެމްޕެއިން ކުރުމަށް އަޅުގަނޑު ވަރަށް ބޮޑަށް އެދެން”

ޙަބީބު ވިދާޅުވިއެވެ.
މީގެ އިތުރުން މީޑިއާތަކުންވެސް ހުރިހާ ކެނޑިޑޭޓުންނަށް ހަމަހަމަ އުޞޫލަކުން ފުރުޞަޠު ދިނުމަށްވެސް އެދިލައްވާ، ވާހަކަކޮޅު ކުރިއަށް ގެނަދަވަމުން ޙަބީބު ވިދާޅުވީ އެއްވެސް ކަމެއް ދިމާވެއްޖެ ނަމަ ފުރިހަމަ ހެއްކާއެކު ޝަކުވާ ހުށަހެޅުމަށާއި، މަންދޫބުންނާއި އޮބްޒާވަރުންނަށް ވުމުގެ ފުރުޞަޠު މިހާރު ވާނީ ހުޅުވާލާފައިކަމަށެވެ.
ޙަބީބުގެ ވާހަކަކޮޅު ނިންމާލެއްވީ ކަންކަން ކުރާއިރު އެކަމުގެ ވީހާވެސް ކުރީކޮޅުގައި، ފަހުވަގުތަށް މަޑުނުކޮށް ކެނޑިޑެންސީގެ ކަންކަންވެސް ނިންމުމުގެ މަސައްކަތް ކުރުމަށް އެދިލައްވަމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.