އޭނާ މިހެން ވިދާޅުވީ ”ގްރީން ބިލްޑިންގް ކޮންސެޕްޓް“ ހިމެނުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އާކިޓެކްޗަރ ކޯސް އެސެސްކުރުމަށް ކަމާބެހޭ ފަރާތްތަކާއެކު ބޭއްވި މަސައްކަތު ބައްދަލުވުމުގައެވެ.
ޝީ ބިލްޑިންގެ 3 ވަނަ ފަންގިފިލާގައި މިއަދު ބޭއް ވި މަޝްވަރާ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޕަރމަނަންޓް ސެކްރެޓަރީ އަޖުވަދު މުސްތަފާގެ ވިދާޅުވީ ޤައުމީ ޔުނިވަރސިޓީ އާއެކު ކުރެވޭ މިމަސައްކަތުން ޤައުމަށް މިދާއިރާއިން ބޭނުންވާ އިންސާނީ ވަސީލަތް ރާއްޖޭގައި ބިނާކުރެވޭނެ ކަމަށެވެ.
ޤައުމީ ޔުނިވަރސިޓީގެ އެސޯސިއޭޓް ލެކްޗަރަރ އިބްރާހިމް ނަދީމް ވިދާޅުވީ ބައްދަލުވުމުން ލިބޭ މަޢުލޫމާތުވެގެން ދާނީ ޤައުމީ ޔުނިވަރސިޓީގެ އާކިޓެކްޗަރ ކޯސް ”ގްރީން ބިލްޑިންގް ކޮންސެޕްޓް“ ހިމަނައިގެން ފަރުމާކުރުމަށް އެޅޭ ފުރަތަމަ ފިޔަވަޅު ކަމަށެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން އިންތިޒާމު ކުރި މި ބައްދަލުވުމުގައި ސަރުކާރާއި އަމިއްލަ ފަރާތަށް ހިމެނޭގޮތަށް 20 ފަރާތަކުން ވަނީ ބައިވެރިވެފައިވާ އިރު، މިއީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން ކުރިއަށްގެންދާ ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢުގެ އެހީގައި ކުރިއަށް ގެންދިޔަ ބައްދަލުވުމެކެވެ.
ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢަކީ މިނިސްޓްރީ އާއި އ.ދ ގެ ތިމާވެށްޓާއިބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.