އަޤްޞާ ޙިމާޔަތް ކުރުމަށް ދާން ބޭނުންވާ ދިވެހީންނަށް ފުރުޞަތު ދިނުމަށް ގޮވާލައިފި !

މުޙައްމަދު ތަކުރުފާނުގެ ލަޝްކަރު މިތިބީ ތައްޔާރަށް ކަމަށް ބުނެ ހިނގާލުމުގެ ބައިވެރީން ވަނީ ޝުޢޫރު ފާޅުކޮށްފައި !

މުޙައްމަދު ތަކުރުފާނުގެ ލަޝްކަރު މިތިބީ ތައްޔާރަށް ކަމަށާއި، އަޤްޞާ ޙިމާޔަތް ކުރުމަށް ދާން ބޭނުންވާ ދިވެހީންނަށް އެފުރުޞަތު ދިނުމަށް، ފަލަސްޠީނާއި އެކު ދިވެހީން ތިބިކަން ހާމަކުރުމަށް ރޭ ބޭއްވި ހިނގާލުމުގެ ބައިވެރީންތަކެއް ބުނެފިއެވެ. ރައިޓް މޫވްމެންޓްގެ ފަރާތުން ބޭއްވި މި ހިނގާލުމުގައި އެތައް ހާސް ބަޔަކު ވަނީ ބައިވެރި ވެފައެވެ.

IMG 5731
ފަލަސްޠީނަށްޓަކައި ދިވެހީން ތިބިކަން ހާމަކޮށް އަޑުއުފުލުމަށް ރައިޓް މޫވްމެންޓްގެ ފަރާތުން ބޭއްވި ހިނގާލުމުގެ ތެރެއިން- ފޮޓޯ: އެޓޯލް ނިއުސް

ރޭގެ ހިނގާލުމުގައި ޓެެރަރިސްޓް އިސްރާއީލާއި ދެކޮޅަށް އެތައް ޝުޢޫރެއް ހިމެނޭ ލިޔުންތަކާއި ބެނާތައް ވަނީ އުފުލާފައެވެ. މީގެތެރޭގައި ދިވެހީންގެ ތެރެއިން އަޤްޞާ ޙިމާޔަތް ކުރުމަށް ދާން ބޭނުންވާ ދިވެހީންނަށް އެފުރުޞަތު ދިނުމަށް ގޮވާލާފައިވާ ބެނާއާއި، މުޙައްމަދު ފާނުގެ ލަޝްކަރު މިތިބީ ތައްޔާރަށް ކަމަށް ބުނާ ބެނާއެއްވެސް ހިނގާލުމުގައި ބައިވެރީން ވަނީ އުފުލާފައެވެ. އަދި ނަޞްރު ލިބޭނީ ޖިހާދުކޮށްގެން ކަމަށް ބުނެ ހަރުއަޑުން އެތައް ޒުވާނުންނަކާއި ބައިވެރީންގެ އެތައް ބަޔަކު ވަނީ ގޮވާފައެވެ.

އިޝްތިހާރު Below Header ad
IMG 5814
ފަލަސްޠީނަށްޓަކައި ދިވެހީން ތިބިކަން ހާމަކޮށް އަޑުއުފުލުމަށް ރައިޓް މޫވްމެންޓްގެ ފަރާތުން ބޭއްވި ހިނގާލުމުގެ ތެރެއިން- ފޮޓޯ: އެޓޯލް ނިއުސް

މިފަދަ ބެނާތަކާއި އަޑު އުފުލުންތަކުން ދިވެހީންގެ އެތައް ބަޔަކު ދޭން ބޭނުންވީ މެސެޖަކީ، ދިވެހީން މިތިބީ ހަމަ އެކަނި އަޑު އުފުލަން ނޫންކަމަށާއި، ހިތްވަރާއި ޖޯޝާއެކު، ދީނަށްޓަކައި ހަނގުރާމަކޮށް އަޤްޞާ ޙިމާޔަތްކޮށް، މުސްލިމުންގެ ދިފާޢުގައި ދީނަށް ނަޞްރު ދިނުމަށް ހަނގުރާމައަށް ދިއުމަށް ކެތް މަދުވެފައި ކަމެވެ.

IMG 5942
ފަލަސްޠީނަށްޓަކައި ދިވެހީން ތިބިކަން ހާމަކޮށް އަޑުއުފުލުމަށް ރައިޓް މޫވްމެންޓްގެ ފަރާތުން ބޭއްވި ހިނގާލުމުގެ ތެރެއިން: ހިނގާލުމުގެ ބައިވެރީންނާއި އެކު ތިބިކަން އެނގުމަށް، ހިނގާލުމުގެ ބައިވެރީން އަންނަންދެން މަޖީދީ މަގުގެ އެއްފަރާތުގައި މަޑުކޮށްލައިގެން ތިބި ތުއްތު ކުދީންތަކެއް- ފޮޓޯ: އެޓޯލް ނިއުސް

އެތައް ހާސް ބަޔަކު ބައިވެރިވި މި ހިނގާލުމުގައި، އިސްރާއީލުގެ ޕާސްޕޯޓު ރާއްޖޭގައި ބޭން ކުރުމަށާއި، އިސްރާއީލު މީހުން ރާއްޖެ އައުން މަނާ ކުރުމަށް ވަނީ ގޮވާލާފައެވެ. މިހިނގާލުމުގައި ގިނަ ޢަދަދެއްގެ ކުޑަކުދީންނާއި، އަންހެންުންނާއި މުސްކުޅީން ވެސް ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ ޔޫރަޕާއި އެކި ހިސާބުތަކުގެ ބިދޭސީންވެސް ވަނީ ބައިވެރި ވެފައެވެ.

IMG 5965
ފަލަސްޠީނަށްޓަކައި ދިވެހީން ތިބިކަން ހާމަކޮށް އަޑުއުފުލުމަށް ރައިޓް މޫވްމެންޓްގެ ފަރާތުން ބޭއްވި ހިނގާލުމުގެ ތެރެއިން- ފޮޓޯ: އެޓޯލް ނިއުސް

ހަމައެކަނި ހިނގާލުންތަކާއި، އިންސާނީ އެހީ ދީގެން ފަލަޞްޠީނަށް ލިބޭނެ ނަޞްރެއް ނޯންނާނެ ކަމަށާއި، ނަޞްރު ލިބޭނީ ޖިހާދުކޮށްގެން ކަމުގައި ބުނެ ހިނގާލުން ތަކާއި ސޯޝަލް މީޑިއާގައި ދިވެހީންގެ އެތައް ބަޔަކު ދަނީ އަޑު އުފުލަމުންނެވެ. އެއާއިއެކު ދިވެހީން ގެންދަނީ އެތައް ފައިސާއަކާއި އެހީތެރިކަން ފަލަސްޠީނަށް ފޯރުކޮށްދެމުންނެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.