ނޭޝަނަލް ކެމިކަލް ޕްރޮފައިލް އިފްތިތާޙްކޮށްފި

ނޭޝަނަލް ކެމިކަލް ޕްރޮފައިލް އަދި ނޭޝަނަލް ކެމިކަލް މެނޭޖްމަންޓް ޑޭޓާބޭސް އިފްތިތާޙްކޮށްފިއެވެ.

ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ނޭޝަނަލް ކެމިކަލް ޕްރޮފައިލް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޔުނިޓަރގެ އެހީތެރިކަމާއެކު އެންވަޔަރަންމަންޓް މިނިސްޓްރީން އެކުލަވާލި މި ރިޕޯޓުގައި ދިވެހިރާއްޖެއަށް ކެމިކަލް އެތެރެކުރުމާއި ބޭނުންކުރުމާއި ރައްކާކުރުމާއި އެއްތަނުން އަނެއް ތަނަށް ގެންދިއުމާއި ނައްތާލުމުގައި ދިވެހިރާއްޖޭގައި ބޭނުންކުރެވޭ މިންގަނޑުތަކާއި ޙާލަތު ވަނީ ބަޔާންކޮށްފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޠާރިޤް އިބްރާހީމް ވަނީ ދިވެހިރާއްޖޭގައި ކެމިކަލް މެނޭޖުކުރުމުގެ މުހިއްމުކަން ފާހަގަކުރައްވައި ކެމިކަލް ޕްރޮފައިލްގައި ހިމެނޭ މުހިއްމު މަޢުލޫމާތުތަކަށް އަލިއަޅުވާލައްވާފައެވެ.

މި ކެމިކަލް ޕްރޮފައިލަކީ ރާއްޖޭގައި ގެންގުޅުމާއި ނައްތާލުމާއި މެނޭޖުކުރުމުގެ ރަނގަޅު އުސޫލުތައް ކަނޑައެޅުމަށް މަގުފަހިވުމާއި ދިވެހިރާއްޖޭގެ ނާޒުކު ތިމާވެއްޓާއި މާޙައުލީ ނިޒާމުތަކަށް ކުނިބުންޏާއި ކެމިކަލްތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ނައްތާލުމަށް އެޅޭ މުހިއްމު ފިޔަވަޅެކެވެ.

އެގޮތުން މި އިފްތިތާޙް ކުރި ރިޕޯޓަކީ ރާއްޖެއަށް އެތެރެކުރެވޭ އެކި ވައްތަރުގެ ކެމިކަލްތަކުގެ މަޢުލޫމާތު ހިމެނޭ ފުރަތަމަ ރިޕޯޓެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.