ޚަބަރު ފީތާ

ރޮނާލްޑޯ އިތުރު 5 އަހަރު ރެއާލްގައި މަޑުކުރަން ނިންމާ އެއްބަސްވުން އާކޮށްފި.

ޕޯޗުގަލްއާއި ރެއާލް މެޑްރިޑުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ރެއާލްއާ އެކު ހަދާފައިވާ އެއްބަސްވުން އިތުރު ފަސްއަހަރު ދުވަހަށް އާކޮށްފިއެވެ.

ރެއާލް އާއެކު ރޮނާލްޑޯ އިތުރު ފަސްއަހަރަށް ޓީމުގައި މަޑުކުރުމަށް އެއްބަސްވުމާއި އެކު އޭނާ 2021 ވަނަ އަހަރާ ހަމައަށް އެޓީމުގައި މަޑުކުރާނެއެވެ.

އެއްބަސްވުން އާކުރުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ރޮނާލްޑޯ ބުނީ ރޮނާލްޑޯ ބުނީ އިތުރު ފަސް އަހަރު ކްލަބުގައި އޭނާ މަޑުކުރާނެ ކަމަށާއި، މިއީ ވަރަށް ހާއްސަ ކަމެއް ކަމަށެވެ. މީގެއިތުރުންވެސް އާ އެއްބަސްވުންތައް ހަދަމުންދާނެ ކަމަށްވެސް ރޮނާލްޑޯ ވަނީ ބުނެފައެވެ.

medium_105802

އިތުރު ފަސްއަހަރު ދުވަހުގެ މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަދައްކަމުން ރޮނާލްޑޯ ބުނީ އޭނާ ހޯދައިވާ ގިނަކާމިޔާބީ ތަކުގެ ފަހަތުގައި ވަނީ ރެއާލްގެ ރައީސް އަދި ކުޅުންތެރިންކަމަށާއި އެކުޅޫންތެރިންނަށް ޝުކުރު އަދާކުރާ ކަމަށެވެ.

ރޮނާލްޑޯ ބުނީ މިއީ އޭނާގެ ކެރިޔަރުގައި ވަރަށް މުހިންމު ދުވަހެއް ކަމަށާއި އެގޮތުން ރެއާލް މެޑްރިޑަކީ  އޭނާގެ އެއްބައި ކަމަށެވެ.

ރޮނާލްޑޯ ބުނީ ވޭތުވެދިޔަ އަހަރުތަކުގައި އޭނާ ހޯދަމުން އައި ކާމިޔާބީތަށް ކުރިޔައް އޮތްތަނުގައިވެސް ކާމިޔާބުކުރަން ބޭނުންވާ ކަމަށާއި އެކަން ހާސިލް ކުރަން ބޭނުންވަނީ ރެއާލްގެ ޖޯޒީގައި ކަމަށެވެ.

**USA ONLY** Real Madrid, Spain - Portuguese soccer player Cristiano Ronaldo has signed a new five-year deal with Real Madrid worth 90 million euros to make him the world’s best-paid footballer. President Florentino Perez and the portuguese player gave a press conference after the agreement being signed at the Santiago Bernabeu Stadium. AKM-GSI          September 15, 2013 **USA ONLY** To License These Photos, Please Contact : Steve Ginsburg (310) 505-8447 (323) 423-9397 steve@akmgsi.com sales@akmgsi.com or Maria Buda (917) 242-1505 mbuda@akmgsi.com ginsburgspalyinc@gmail.com

އަދި ރެއާލްއަށް އިތުރު ކާމިޔާބީ ހޯދައި ދިނުމުގައި ދެމިހުންނާނެ ކަމަށްވެސް ރޮނާލްޑޯ ވަނީ ބުނެފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރެއާލް މެޑްރިޑުގެ ރައީސް ްލޮރެންޓީނޯ ޕެރޭޒް ވިދާޅުވީ ރޮނާލްޑޯ އަކީ ރެއާލްގެ ލެޖެންޑެއްކަމަށާއި ރޮނާލްޑޯ އަކީ ރެއާލްގެ ތާރީހުގައިވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ކަމަށެވެ. އެގޮތުން މިދިޔަ ސީޒަނުގައިވެސް 50 ލަނޑު ކާމިޔާބުކޮށް މިދިޔަ ސީޒަނުގައި ދުނިޔޭގެ މޮޅު ކުޅުންތެރިޔާއާ ދިމާލަށް މިހާރުވެސް މިސްރާބު ޖަހާފައިވާ ކަމަށާއި ރޮނާލްޑޯ އަށް އެކަން ހާސިލްވާނެކަމަށްވެސް ޕެރޭޒް ވިދާޅުވިއެވެ.

މެންޗެސްޓާ ޔުނައިޓެޑުން 2009 ވަނަ އަހަރު ރެއާލް އާ ގުޅުނު ރޮނާލްޑޯ ވަނީ އެ ކްލަބަށް ކުޅުނު 8 ސީޒަނުގައި 360 މެޗު ކުޅެދީ 371 ލަނޑު ކާމިޔާބުކޮށްފަ އެވެ. މީގެއިތުރުން އޭނާ ވަނީ އެ ކްލަބާއެކު ސްޕެނިޝް ލީގުގެ އިތުރުން ކޮޕާޑެލްރޭ ދެފަހަރު ސްޕެނިޝް ސުޕާކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު ދެފަހަރު ޔުއެފާ ސުޕާކަޕް އަދި ފީފާ ކްލަބް ވޯލްޑްކަޕް ވެސް ހޯދާފައެވެ.

އެންމެ ފަހުން ފްރާންސްގައި ނިމިގެންދިޔަ ޔޫރަޕްގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރުމުގައިވެސް މުހިންމު ދައުރެއް އަދާކުރި ރޮނާލްޑޯއަކީ ޕޯތުގަލްގެ ގައުމީޓީމުގެ ކެޕްޓަނެވެ. އެގޮތުން ރޮނާލްޑޯ ވަނީ މިހާތަނަށް ޕޯޗުގަލް އަށް 135 މެޗު ކުޅެދީ 66 ލަނޑު ކާމިޔާބުކޮށްދީފައެވެ.

 

Rate this post