
ޔުނައިޓެޑު ވިކްޓްރީ ކަޓުވާލުމަށްފަހު ފައިނަލްގެ ދެވަނަ ޖާގަ ވެލެންސިއާއިން ހޯދައިފި.
ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް އެފްއޭކަޕްގެ ފައިނަލްގެ ފަހު ޖާގަ ކްލަބް ވެލެންސިއާ އިން ހޯދައިފިއެވެ.
ރޭ ކުޅުނު ސެމީ ފައިނަލް މެޗުން ވެލެންސިއާ އިން ޔުނައިޓެޑު ވިކްޓްރީގެ މައްޗަށް ކުރިހޯދީ 1-2 ގެ ނަތީޖާއަކުންނެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑުނެގީ ޔުނައިޓެޑު ވިކްޓްރީ އިންނެވެ.
މެޗުގެ 7 ވަަނަ މިނެޓުގައި އެ ލަނޑު ޔޫވީ އަށް ކާމިޔާބްކޮށްދިނީ ހުސެން ސިމާޒް(ކޮކީ) އެވެ.
މި ލަނޑަށް ފަހު ވެލެންސިއާއިން ކުޅުން އިތުރަށް ވަރުގަދަ ކުރިއިރު އެޓީމު ދިޔައީ ޔޫވީ ގެ ފަހަތައް ބާރުބޮޑުކޮށް ހަމަލާ އުފައްދަމުންނެވެ. އެގޮތުން ފުރަތަމަ ހާފް ނިމުމުގެ ކުރިން ވެލެންސިއާ އިން ވަނީ ފުރތމަ ހާފުނިމެން ދަނިކޮށް ލަނޑުޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު ޖަހައިދިނީ ކަކާއެވެ.
ދެޓީމު އެއްވަރެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމުނުނަމަވެސް ފަހުހާފު ނިމެން ދަނިކޮށް ވެލެންސިއާއިން ވަނީ މެޗުގެ ލީޑުނަގާ ތިންޕޮއިންޓް ކަށަވަރުކޮށް ފައިނަލްގެ ޖާގަ ކަށަވަރުކޮށްފައެވެ. މި ލަނޑު މެޗުގެ 81 ވަނަ މިނެޓްގައި ކާމިޔާބްކޮށްދިނީ އަދުހަމެވެ.
ވެލެންސިއާއަތުން ބަލިވި ޔޫވީ މި މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ ކުއާޓާ ފައިނަލުގައި ވަރުގަދަ މާޒިޔާ ސްޕޯޓްސް ކަޓުވާލުމަށް ފަހުގައެވެ.
އެފްއޭ ކަޕް ފައިނަލްގައި އަންނަ އާދިއްތަ ދުވަހުގެ ރޭ ވެލްންސިއާ ނުކުންނާނީ ސެމީ ފައިނަލްގައި ނިއު ރޭޑިއަންޓް ބަލިކޮށް ފައިނަލަށް ދަތުރުކުރި ޓީސީ ސްޕޯޓްސްއާ ދެކޮޅަށެވެ.



