ކީރިތި ރަސޫލާގެ ސިޔަރަތު 02

ރަޙީޤުލް މަޚްތޫމްގެ ދިވެހި ތަރުޖަމާ

    1. އަލް އުޒްދު (الأزد)

އޭނާގެ ދަރިން ބޮޑވެ ބާރުގަދަވި ހިނދު މަދީނާއާ ދިމާލަށް ދަތުރުކުރިއެވެ. ދެން އެތާންގައި ވަޒަންވެރިވިއެވެ. އޭނާގެ ދަރިންގެ ތެރެއިން މި ޘަޢުލަބުގެ ޙާރިޘަގެ ދެދަރި އަލް އައުސް އާއި އަލް ޙަޒްރަޖުވިއެވެ. އަދި އެމީހުންގެ ތެރެއިން، ޚުޒާޢީ ވަންހައިގެ ތެރެއިން ހިމެނޭ ޙާރިޘް ބުން ޢަމްރު އާއި އޭނާގެ ދަރިން ޙިޖާޒުގެ އެކިއެކި ކަންކޮޅުތަކުގައި އެނބުރެމުންގޮސް މައްރުއް ޡަހްރާން (مَرُّ الظَّهْران) އަށް ފައިބާ އެތާންގައި އެމީހުންގެ ފޭލިގެތައް ޖެހިއެވެ. ދެން އެމީހުން މައްކާއަށް ވަދެގަތެވެ. މައްކާގައި ވަޒަންވެރިވެފައިވާ ޖުރްހުމް (جُرْهُم) ން ނެރިލާ ބޭރުކޮށްލިއެވެ. އެއަށްފަހު އެމީހުން މައްކާގައި މަޒަންވެރިވިއެވެ. އަދި ޢިމްރާން ބުން ޢަމްރޫ (عِمْران بن عَمْرو) ޢަންމާން އަށް

ފޭބިއެވެ.

އިޝްތިހާރު Below Header ad

އަދި އޭނާއާއި އޭނާގެދަރިން އެތާނގައި ވަޒަންވެރިވިއެވެ. އުޒްދު ޢަންމާނު (أزد عمان) ގެ ދަރިކޮޅަކީ މިމީހުންނެ

ވެ. އެހެންކަމުން އެމީހުންނަށް ޢުޒްދު ޢަންމާނީންނޭކިޔެއެވެ. ޖަފްނަތު ބިން ޢަމްރޫ (جَفْنَةُ بن عَمْرُو) މީނާ ޝަމް ޤަސްދުކޮށް އެދިމާލަށް ދަތުރު ކުރިއެވެ. އަދި މީނާއާއި މީނާގެ ދަރިން އެތާނަގައި ވަޒަންވެރިވިއެވެ.  ޣަސާސިނާ (غَسَاسِنَة) ގެ ރަސްރަސްކަލުންގެ އިސް ކާފައިންކަމުގައި މިމީހުން ވިއެވެ. ޣައްސާނުގެ ނަމުން މިމީހުންނަށް ނަން ކިޔިފައިވަނީ ހިޖާޒުގައި މިނަމުން ނަންދެވިފައިވާ ފެންގަނޑެއްގެ ކައިރީގައި މިބައިމީހުން ވަޒަންވެރިވެ ތިބުމުގެ ސަބަބުންނެވެ.

2- ލަޚްމާއި ޖުޛާމް (لَخْم وجُذَام)

މި ލަޚްމުންގެ ތެރޭގައި ނަޞްރު ބުނު ރަބީޢާތު (نصر بن ربيعة) ވިއެވެ. މީނާއީ ހީރާގެ ޝާހީ ޢައިލާގެ މުނާޛިރާ (المناذرة) ރަސްރަސްކަލުންގެ ބައްޕައެވެ.

3- ބަނޫ ޠައްޔު (بنو طيِّئ)

މިޤަބީލާގެމީހުން އުޒްދު ޤަބީލާ ރަށް ދޫކޮށް ދިއުމަށްފަހުގައި އުތުރަށް ދަތުރު ކުރިއެވެ. އަދި އަޖާ ފަރުބަދައާއި ސަލްމާ ފަރުބަދައާއި ދެމެދަށް ފޭބިއެވެ. އެދެމެދުގެ އެކި ހިސާބުތަކުގައި މިބައިމީހުން ވަޒަންވެރިވިއެވެ. އަދި މި ދެފަރުބަދަ ޠައްޔު (طيِّئ) ޤަބީލާގެ ނަމުން މަޝްހޫޜުވިއެވެ.

4 – ކިންދަތު (كِنْدَة)

މިޤަބީލާގެ މީހުން ބަޙްރައިންއަށް ފޭބިއެވެ. އެއަށްފަހުގައި މިބައިމީހުންނަށް ބަޙްރައިން ދޫކޮށް ދިއުމަށް މަޖުބޫރު ކުރުވިއެ

ވެ. ދެން މިތަނުން ހިޖުރަކޮށް ޙަޟްރަ މައުތަށް ފޭބިއެވެ. މިތާނގައިވެސް އެމީހުންނަށް ބަޙްރައިންގައި ދިމާވި ނިކަމެތިކަން ކުރިމަތިވިއެވެ. އެއަށްފަގައި މިތަނުން ނިކުމެގެން ގޮސް ނަޖުދަށް ފޭބިއެވެ. އެތާންގައި މިމީހުން ބޮޑު ވެރިކަމެއް ޤާއިމުކުރިއެވެ. އެހެނަސް އެ ވެރިކަން ވަރަށް އަވަހަށް ނެތިގޮސް އެމީހުންގެ އަސަރުތަށްވެސް ފިލާހިގައްޖެއެވެ. ކަހްލާން ވިޔަފާރި، ކަހްލާން ފިޔަވައި ޙިމްރަތުގެ ޤުޟާޢަތު (قضاعة) ޤަބީލާވިއެވެ.

މިޤަބީލާގެ މީހުންނަކީ ޙިމްޔަރުންކަމުގައި ވުމާމެދުގައި ޚިލާފު ހުއްޓެވެ. އެމީހުން ޔަމަނު ދޫކޮށް ޢިރާޤުގެ ރަށްފުށު ހިސާބުގަނޑެއްކަމުގައިވާ އައްސަމާވާގެ ތެރޭގައި އެއްތަނުން އަނެއްތަނަށް ބަދަލުވެ އުޅޭ ޚާނާބާދޯޝް ބައެއްގެ ގޮތުގައި ތިބުން އިޚްތިޔާރު ކުރިއެވެ.

އަލް ޢަރަބުލް މުސްތަޢްރިބަތު (العَرَبُ المُسْتَعْرِبَة)

އަލް ޢަރަބުލް މުސްތަޢްރިބައިންނަކީ ޢަޖަމީންގެ ތެރއިން އައިސް ޖަޒީރަތުލް ޢަރަބިއްޔާގައި އާބާދުވެ ޢަރަބީންނަށް ވެފައިވާ މީހުންނެވެ. އަލް ޢަރަބުލް މުސްތަޢްރިބާގެ އަސްލު ފެށިގެން އައިސްފައިވަނީ إبراهيم عليه السلام އާއި ހަމައިންނެވެ. އާދެ! إبراهيم عليه السلام އަކީ އެމީހުންގެ جَدُّ الأعْلى އެންމެ ދުރު ކާފައެވެ. އެކަލޭގެފާނަކީ ޤިރާޤުގެ އޫރުކިޔާ ރަށެއްގައި އުފަންވެވަޑައިގެންފައިވާ ބޭކަލެކެވެ. މި ރަށަކީ ފުރާތުގެ ކޯރު ހުޅަނގު އައްސޭރީގައި ތޫފާގެ ކައިރީގައިވާ ރަށެކެވެ. إبراهيم عليه السلام ގެ ދަރިކޮޅާއި އެކަލޭގެފާނުގެ ކާބަފައިން އުޅުއްވި ރަށަބެހޭ ވަރަށް ގިނަ މަޢުލޫމާތުތަކެއް އާސާރީ ކަންތައްތަކެއް ހޯދުމަށް ކޮނުނު ކޮނުންތަކުން ލިބިފައިވެއެވެ. އަދި އެރަށުގެ ދީނީ އަދި އިޖްތިމާޢީ ވަރަށްގިނަ ކަންތައްތަކެއް އެނގިފައިވެއެވެ.

އެނގިފައިވާ ގޮތުގައި إبراهيم عليه السلام އެރަށުން ޙާރާން ނުވަތަ ޙައްރާން އަށް ހިޖުރަ ކުރެއްވިއެވެ. އަދި އެތަނުން ފަލަސްޠީނަށް ހިޖުރަ ކުރެއްވި އެވެ. ފަލަސްޠީނަކީ އެކަލޭގެފާނުގެ ދަޢުލަތުގެ މަރުކަޒުކަމުގައި ހެއްދެވިއެވެ. އަދި އެކަލޭގެފާނު އެހިސާބުގެ ކައިރި ރަށްތަކާއި ބޭރުގެ ރަށްތަކަށް ދަތުރު ކުރައްވާ އުޅުއްވިއެވެ. މި ގޮތށް ކުރައްވާ އުޅުއްވި ދަތުރު ތަކުގެ ތެރޭގައި މިޞްރަށް ވަޑައިގެންނެވިއެވެ. އަދި މިޞްރުގެ ރަސްގެފާނު ވިރްޢައުނު އެކަލޭގެ ފާނުގެ އަނބިކަނބަލުން سارة އޭނާގެ ގަނޑުވަރަށް ގެންދެވިއެވެ.

އަދި އެކަމަނާއާޢި ނަހަމަ ކެހިވެރި ގުޅުމެއް ހިންގުމަށް މަސައްކަތްކުރިއެވެ. އެހެނަސް ކީރިތި ﷲ އޭނާއަށް (ފިރްޢައުނަށް) އޭނާގެ ކެރިވެރިކަން ރައްދު ކުރެއްވިއެވެ. އަދި އެކަމަނާ ­­(سارة) ރައްކައުތެރި ކުރައްވާ އެކަމަނާގެ ފިރިކަލުން إبراهيم عليه السلام އަށް ރައްދު ކުރެއްވިއެވެ. ފިރްޢައުނު سارة އާމެދުގައި ހިންގަން އުޅުނު ނަހަމަ ގުޅުން ނާކާމިޔާބުވީ ހިނދު سارة އާއި ކީރިތި ﷲ އާއި ވަރުގަދަ ގުޅުމެއްވާކަމަށް އިޢުތިރާފުވެ އެކަން ޤަބޫލު ކުރުމަށް މަޖުބޫރު ވިއެވެ. سارة ގެ މާތްކަމާއި ޢިއްފަތްތެރިކަމަށް އިޢުތިރާފު ވުމުގެ ގޮތުން އެކަމަނާގެ ފިރިކަލުންގެ އަރިހަށް އެކަމަނާ ރައްދު ކުރެއްވި ހިނދު އެކަމަނާގެ ޚާދިމާއެއްގެ ގޮތުގައި هاجر އެކަމަނާއަށް ވެދުމަށް އެރުވިއެވެ.

މިޞްރުގައި إبراهيم عليه السلام ކުރިމަވެވަޑައިގެންނެވި ވަރުގަދަ އިމްތިޙާނުން ސަލާމަތްވެވަޑައިގެންނެވުމުން އެ

ނބުރި ފަލަސްޠިނަށްވަޑައިގެންނެވިއެވެ. އަދި ކުރިއެކޭ އެއްފަދައިން ފަލަސްޠީނުގައި ދަޢުވަތުގެ ކަންތަކުގައި އުޅުއްވަމުން ގެންދެވިއެވެ. إبراهيم عليه السلام އާއި سارة އާއި ދެކަނބަލުންގެ ކައިވެނިފުޅަށް ދިގު މުއްދަތެއްވެފައިވުމާ އެކުވެސް ދަރިކަލަކު ނުވަތަ ދަރިކަނބަލަކުވެސް ލިބިވަޑައެއްނުގަންނަވައެވެ. އެކަމުގެ ހިތްދަތިކަން ދެކަނބަލުންވެސް

އިޙްސާސް ކުރައްވައެވެ.

މި ސިޔަރަތަކީ ރާބިޠަތުލް ޢާލަމިއްޔާގެ ފަރާތުން رسول الله صلى الله عليه وسلم ގެ މައްޗަށް އެންމެ ފުރިހަމައަށް ސިޔަރަތު ލިޔުނު ފަރާތަކަށް ދިނުމަށް ހުޅުވާލި ނޯބަލް އިނާމު ލިބުނު ސިޔަރަތު އައްރަޙީޤު އަލް މަޚްތޫމް (الرحيق المختوم) މި ސިޔަރަތު ލިޔުއްވީ އިންޑިއާގެ ޢިލްމުވެރިއެއްކަމަށްވާ ޞަފިއްޔުއް ރަޙްމާން އަލްމުބާރަކް ޕޫރީ އެވެ. ދިވެހި ބަހަށް ތަރްޖަމާ ކުރެއްވީ ފަޟީލަތުއްޝައިޚް އަލް އުސްތާޛް ޢުޘްމާން ޢަބްދުﷲ އެވެ.

 

ސިޔަރަތުގެ އޯޑިއޯ:

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.