
ވަރުގަދަ އެތްލެޓިކޯ މެޑްރިޑް ސޮަސިއެދާދުގެ އަތްދަށު ވެއްޖެ.
ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ރެއާލް ސޮަސިއެދާދް އަތުން ވަރުގަދަ އެތްކެޓިކޯ މެޑްރިޑް ބަލިވެއްޖެއެވެ.
ރޭ ކުޅުނު މެޗުން އެތްލެޓިކޯ މެޑްރިޑް ބަލިވީ ރެއާލް ސޮސޮއެދާދް އާ ވާދަކޮށް 0-2 ގެ ނަތީޖާއަކުންނެވެ.

ސޮސިއެދާދް ގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި އެތްލެޓިކޯ މެޑްރިޑަށް މާ ރަނގަޅު ކުޅުމެއް ދެއްކިފައި ނުވާއިރު މެޗުގެ ފުރަތަ ހާފުގައި އެޓީމަށް ސޮސިއެދާދްގެ ގޯލަށް މާނުރައްކާތެރި ހަމަލާ އެއްވެސް ވަނީ ފޮނުވާލެވޭގޮތް ނުވެފައެވެ.
އެހެން ނަމަވެސް ސޮސިއެދާދް އަށް ވަނީ މިހާފުގައިވެސް ލަނޑު ޖަހަން ފުރުސަތު ލިބިބޭކާރު ވެގެން ގޮސްފައެވެ.
ދެޓީމު އެއްވަރެއްގައި އޮވެ ފުރަތަމަ ހާފު ނިމުނުއިރު ފަހުހާފު ފެށިގެން މެޗުގެ 54 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ލަނޑު ޖަހާ ސޮސިއެދާދް ވަނީ މެޗުގެ ލީޑު ނަގާފައެވެ.
މި ޕެނަލްޓީ އަކީ އެތްލެޓިކޯގެ ކުޅުންތެރިއަކު ކުރި ކުށަކާ ގުޅިގެން ސޮސިއެދާދް އަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.
މި ޕެނަލްޓީ ގޯލްގެ ތެރެއަށް ވައްދާލީ ކާލޮސް ވެލާއެވެ.
މިއީ ކާލޮސް ވެލާ އެޓީމަށް މި ސީޒަނުގައި ކާމިޔާބުކޮށްދިން 4 ވަނަ ގޯލެވެ.
މި ލަނޑަށް ފަހުވެސް އެޓީމުން ރަނގަޅަށް ކުޅެމުން ގެންދިޔައިރު ދެވަނަ ލަނޑު ޖަހާ މެޗުގެ ލީޑު ފުޅާކޮށްފައިވަނީ މެޗުގެ 75 ވަނަ މުނެޓުގައި ލިބުނު ދެވަނަ ޕެނަލްޓީ ގޯލްގެ ތެރެއަށް ވައްދާލައިގެން ވިލިއަން ޖޯސް އެވެ.
މީ އޭނާ މި ސީޒަނުގައި ސޮސިއެދާދް އަށް ކާމިޔާބުކޮށްދިން 6 ވަނަ ލަނޑުކަންވެސް ފަހަގަކޮށްލަން ޖެހެއެވެ.

ގިނަ އަދަދަކަށް ރީނދޫ ކާޑް ފެނިގެން ދިޔަ މިމެޗުން ސޮސިއެދާދް މޮޅުވުމުން އެޓީމު ވަނީ 19 ޕޮއިންޓާއެކު ލީގުގެ 6 ވަނައް އަރާފައެވެ.
ރެއާލް ސޮސިއެދާދް އަތުން ބަލިވި އެތްލެޓިކޯ މެޑްރިޑު މި މެޗުން ބަލިވިނަމަވެސް އެޓީމު އަދިވެސް އޮތީ 21 ޕޮއިންޓާއެކު ލީގުގެ 3 ވަނާގައެވެ.
ލީގުގެ އެއްވަނާގައި 24 ޕޮއިންޓާއެކު އޮތީ ރެއާލް މެޑްރިޑެވެ. ދެވަނާގައި 22 ޕޮއިންޓާއެކު އޮތީ ބާސެލޯނާއެވެ.
ސްޕެނިޝް ލިގުގައި ރޭ ކުޅެވުނު އިތުރު މެޗު ތަކަށް ބަލާއިރު މަލާގާ 3-2 ގެ ނަތީޖާއިން ގިހޯންގެ މައްޗަށް ކުރިހޯދިއިރު ގްރެނާޑާ އަދި ކަކަރޫނިޔާ ބައްދަކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެފައެވެ.
އަދި އަލްވެސް އާއި އޮސަސޫނާ ބައްދަލުކުރި މެޗު 0-1 ގެ ނަތިޖާއިން އަލްވޭސް ވަނީ ކާމިޔާބު ކޮށްފައެވެ.
މިއަދާ މިރޭވެސް ސްޕެނިޝް ލިގުގައި ފޯރިގަދަ މެޗުތަކެއް ކުޅެވޭނެއެވެ. އެގޮތުން ހަވީރު 4 ޖަހާއިރު ރެއާލް މެޑްރިޑާއި ލެގަނީސް ބައްދަލުކުރާ މެޗު ކުޅެވޭއިރު މިރޭ ދަންވަރު 12:45 ގައި ބާސެލޯނާ އާއި ސެވިއްޔާ ބައްދަލުކުރާނެއެވެ.



