މިއަހަރުގެ އަތޮޅު އިޙްޔާ ފޯރަމްތަކުގެ ގުރުއަތުނެގުން މިރޭ

1444 ވަނަ އަހަރު ރަމަޟާންމަހުގެ ރޭތައް އިޙްޔާ ކުރުމަށް ކުރިއަށް ގެންދިޔަ އިޙްޔާ ފޯރަމްތަކުގެތެރެއިން އަތޮޅުތަކަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ އަތޮޅު އިޙްޔާ ފޯރަމްތަކުގެ ގުރުއަތުނެގުން 14 އެޕްރިލްވާ ހުކުރުދުވަހުގެ ރޭ (މިރޭ) އޮންނާނެއެވެ.

ފުވައްމުލައް ސިޓީގައި މިރޭ އޮންނަ އިޙްޔާ ފޯރަމްގެ ތެރެއިން މި ބައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އިޝްތިހާރު Below Header ad

1444ވަނަ އަހަރުގެ އަތޮޅު އިޙްޔާ ބައިގެ ގުރުއަތުން ހޮވޭ ފަރާތްތަކަށް އަގުބޮޑު އިނާމުތައް ވަނީ ހުށަހެޅިފައެވެ. އޭގެތެރޭގައި 1 ވަނައަށް ދާ ފަރާތަކަށް،މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ދެއްވާ ޢުމްރާ ދަތުރާއި، 2ވަނައަށް ދާ ފަރާތަކަށް އުރީދޫއިން ސްޕޮންސަރ ކޮށްފައިވާ އައިފޯން 13, އަދި 3 ވަނައަށްދާ ފަރާތަކަށް ރެއިންބޯ އިން ސްޕޮންސަރގެ ގޮތުގައި ދެއްވާ ސޯފާސެޓް ހިމެނެއެވެ.

ގުރުއަތުން ހޮވޭ ފަރާތްތަކުން ނަންބަރުކޮޅުގެ ފޮޓޯއާއި އައިޑީކާޑުގެ ފޮޓޯ ވައިބަރ ކުރައްވާނީ 7910208 މި ނަންބަރަށެވެ. އީމެއިލް މެދުވެރިކޮށް ފޮނުއްވާނަމަ [email protected] އަށް މެއިލް ކުރެއްްވޭނެއެވެ.

އަދި އެހެން ބޭފުޅަކު ބަދަލުގައި ފޮނުވާނަމަ، ބަދަލުގައި ފޮނުވާ ބޭފުޅެއްގެ ސިޓީއަކާއި އައިޑީކާޑު ކޮޕީ އަދި ނަންބަރުކޮޅު ގެނައުމުން ވެރިފައިކުރުމަށްފަހު އިނާމް ހަވާލުކުރެވޭނެއެވެ.

މިރޭ ( 14 އެޕްރިލް 2023) ވާ ހުކުރު ދުވަހުގެރޭ ފުވައްމުލައް ސިޓީގައި ބާއްވާ އިޙްޔާ ފޯރަމްގައި ” ﷲގެ ނިޔާއަށް ރުހުން” މި މައުޟޫޢަށް ތަޤްރީރުކުރައްވާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޛް މުޙައްމަދު އަނީލް އަދި މަސްޖިދުއް ސުލްޠާނު މުޙައްމަދު ތަކުރުފާނުލް އަޢުޒަމްގެ އިމާމް އައްޝައިޚް ނަސްރުﷲ ޢަލީއެވެ. މި ފޯރަމްވެސް ފެށޭނީ ރޭގަނޑު 9:30 ގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.